logoEN
Sto top
ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް

ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް

ޝަޖާއަތު އަހުމަދު

logo

10/13/2021, 6:03:10 PM

# ކުޅިވަރު# ސާފް ޗެމްޕިއަންޝިޕް 2021# ބަންގްލަދޭޝް# ނޭޕާލް# ފައިނަލް

imagesmv-KzxbjF82DS1634128271

ނޭޕާލް ފުރަތަމަފަހަރަށް ސާފްޗެމްޕިއަންޝިޕުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

Wamco

މިހާރު ރާއްޖޭގައި ކުރިއަށް ދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ފައިނަލްގެ ޖާގައެއް ފުރަތަމަފަހަރަށް ނޭޕާލް ކަށަވަރުކޮށްފިއެވެ.

މި މެޗުފެށިގެން 9ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ބަންގްލަދޭޝްއަށް މި ގޯލް ކާމިޔާބުކޮށްދިނީ ސުމޮން ރިޒާއެވެ. ދެޓީމުން ވެސް ވަރުގަދަ އެޓޭކްތަކެއް ކުރަން މަސައްކަތްކުރި ނަމަވެސް ގޯލާ އަމާޒުވީ މަދު ބޯޅައެކެވެ. ފުރަތަމަ ހާފްވެސް ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ނެޕާލް ދެވަނަ ހާފަށް ނުކުތީވެސް މެޗުން މޮޅުވުމުގެ އުންމީދުގައެވެ. އެގޮތުން މެޗުގެ 79ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ގޯލް ކީޕަރ އަނީސުއްރަހްމާން އޭރިއާބޭރަށް ނުކުމެ ނޭޕާލް ކުޅުންތެރިއަކާ ލި ކުރިމަތިލމުގައި އަތުން ބޯޅަ ޖެއްސުމުން ރެފްރީ ވަނީ ކީޕަރަށް ރަތް ކާޑެއް ދައްކާފައެވެ. އޭނާގެ ބަދަލުގައި ގޯލް ބަލަހައްޓަން ހަވާލުވީ އަޝްރަފުލް އިސްލާމް ރަނާއެވެ.

ބަންގްލަދޭޝްއަށް މެޗުގެ ފަހުވަގުތުކޮޅު އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމާއެކު އެޓީމަށް އިތުރު ޕްރެޝަރެއް ގެނުވީ ނޭޕާލް ކޯޗު އާ ކުޅުންތެރިންތަކަކަށް އެވަގުތު އެޓޭކިންގ ގައި ފުރުސަތު ދިނުމުންނެވެ. ނޭޕާލުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓްގައި ނޭޕާލަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ޕެނެލްޓީ ކާމިޔާބުކޮށް ނޭޕާލްވަނީ މެޗު އެއްވަރުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

މެޗު ގިނަ ވަގުތު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ނެޕާލުންނެވެ. ނޭޕާލުންވަނީ 18 ހަމަލާއެއް ގޯލަށް ފޮނުވާފައެވެ. އެތަނުން ގޯލާ އަމާޒުވީ އެންމެ 3 ހަމަލައެވެ. ބަންގްލަދޭޝްއިން 10 ހަމަލާއެއް ގޯލަށް ފޮނުވިއިރު ގޯލާ އަމާޒުވެފައިވަނީ 4 ހަމަލާއެވެ.

ފައިނަލްގައި ނޭޕާލާ ބައްދަލުކުރާނެ ޓީމެއް ކަށަވަރުވާނީ، މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް ފަހުގައެވެ. މިރޭ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside