logoEN
ޕީއެންސީ 2
ފޮޓޯ މޯލްޑިވްސް - ހުވަދޫއަށް އާނަމެއް ނޫން!

ފޮޓޯ މޯލްޑިވްސް - ހުވަދޫއަށް އާނަމެއް ނޫން!

އަހުމަދު ޝުރާއު

logo

12/6/2020, 12:05:58 PM

# ހޮޅުއަށި

118288947_1181921055502029_784816559729604818_o

ރާއްޖެެއަކީ ކޮންމެއަކަސް ހުނަރުން ފުރިފައިވާ ޤައުމުކެވެ. ދިވެހިން ނުކުރާ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އެހުނަރެެއް އެންމެެ ވައިގައި ހިފާފައިވަ ހުނަރަކަށް ވާނީ ފޮޓޯ ނެގުމެވެ. މިކަމަށް ދެެބަސްވާނެ ބަޔަކު ނުތިބޭނެކަންވެސް ކަށަވަރެވެެ. ލިޔަން މި ގަސްތުކުރީ ރާއްޖޭޭގެ ފޮޓޯގްރާފަރުންގެެ ތެރެއިން މިކަން ކުރަން ޖެހޭ ގޮތަށް ކުރާ ބަޔެއްގެެ ވާހަކަ އެެވެ. ހުވަދު އަތޮޅަށް ނިސްބަތްވާ ބައެއްގެ ވާހަކައެެވެ.

ޝަރީ 2024

މީގެ ހަތް ވަރަކަށް އަހަރު ކުރިޔަށް ޖެހިލާނަމެވެ. އިންސްޓަގްރާމަށް ދިވެހިންގެ ހިތް ޖެހިގެން ދިޔަ ދުވަސްވަރަށެވެ. ޕްރޮފެެޝަންއަކަށްވެސް އަދި މަޖަލަކަށް ވެސް ފޮޓޯ ނަގާ ހިތްވާ މީހުން ދިޔައީ އެެމީހުންގެ ހުނަރު އިންސްޓަގްރާމްގައި ދައްކަމުންނެވެ. ހަމަ އެގޮތަށް ހުވަދު އަތޮޅަށް އުފަން ތިން ޒުވާނުންންގެެ ވިސްނުންވެސް އޭރު ބައްޓަންވީ އިންސްޓަގްރާމަށް ލާނެ ރީތި ފޮޓޯތަކެެއް ނެގުމުގެ މަގްސަދުގައެވެ.

undefined

ވަޒީފާގެ މާހައުލުގައި ރަހުމަތްތެރިކަމުގެ ގޮށް ޖަހާލެވުނު އިރު ދެމީހުންވެސް ކުރަން ބޭޭނުންވި ކަމަކީ އެއީއެވެ. ފޮޓޯ ނެގުމެވެ. ފޮޓޯ މޯލްޑިވްސް ފެށިގެން އައިގޮތް ފޮޓޯ މޯލްޑިވްސްގެ އެއް ފައުންޑަރ ފަލާހް މިވަނީ " ގާފު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކިޔަދީފައެވެ. ފޮޓޯ މޯޯލްޑިވްސްގެ ދެ ފައުންޑަރުންނަކީ މުހައްމަދު ފަލާހް އަހުމަދު އާއި އަރުޝަދު ވަހީދުއެވެ. ދެން ފޮޮޓޯ މޯލްޑިވްސްގައި އުޅެނީ ފަލާހްގެެ އެެއްބަނޑު އެއްބަފާ ކޮއްކޮ ހުސެއިން ފިރާހް އަހުމަދު އެވެ.

undefined

އަރޫއަކީ ޑީއެސްއެލްއާރެއް އޮތް ޒުވާނަކަށް ވާތީ ފަލާހްއަށް ވެސް މިކަން ކުރަން ލިބުނީ އިތުރު ހިތްވަރަކަށެވެ. އެއް ދުވަހު އިންސްޓަގްރާމަށް ލާނެ ފޮޓޯ ކޮޅެއް ނަގަން ފެށި ފެށުން މިއަދު މިއޮތީ މާބޮޑުތަނުންވެސް ބޮޑު ވެފައެވެ. ފަލާހް އަދި ފިރާހް ފޮޓޯ ނެގުމަށް ޝައުގެވެރިކަން އުފެދުނީ ކުޑައިރުއްސުރެ އެވެ. އެންމެ ކުޑަ އިރުއްސުރެވެސް އުކާލާ ބައެއް ތަކެތި ބޭނުންކޮށްގެން އަމިއްލައަށް ކެމެެރާއެއް އުފެއްދޭތޯ މަސައްކަރިއެެވެ. އަދި އެކަން ކާމިޔާބުވެސް ކުރިއެެވެެ. އެެގޮތުން ހުސްކޮށްފައިވާ ސިގިރެޓް ފޮށި އެއްކޮށްލައިގެން އެ ބޭނުންކޮށްގެން ކެެމެރާ ހަދައިގެން ކުޅެެ އުޅުނު ހަދާންތަށް އަދިވެސް ފަލާހް އާ ކުރެއެވެ. އެއީ ދާއިރާއަށް އޭރުވެސް ހުރި ޝައުގެއްގެ ބޮޑުކަމެވެ.

ގދ ކާޑެއްދޫ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ އަރޫ އާއި ފަލާހް އަދި ފަލާހްގެ ކޮއްކޮ ފިރާހް މިއަދު މިދަނީ މި ދާއިރާގައި ފިޔަ ޖަހަމުންނެވެ. ހުވަދު އަތޮޅަށް " ފޮޓޯ މޯލްޑިވްސް " އާނަމަކަށް ނުވާނެއެވެ. އަރޫއަކީ ގދ ހޯނޑެއްދޫއަށް އުފަން ޒުވާނެކެވެ. ފަލާހް އަދި ފިރާހް އަކީ ތިނަދޫ އަށް އުފަން ދެެ ޒުވާނުންނެވެ. ވަޒީފާއަށް ދަމުންވެސް ފޮޓޯ މޯލްޑިވްސްގެ މަސައްކަތް މި ޓީމުން ކުރަމުން އަންނަނީ އެއްވެސް ހުރަހަކާ ނުލާއި ވަރަށްވެސް ބާރު ސްޕީޑެެއްގައެެވެެ. އަދި އެހާމެ ފުރިހަމައަށެވެ.

undefined

ފޮޓޯގްރަފީގައި ފޮޓޯ މޯލްޑިވްސްގެ ޝަޓާ ނުކެނޑޭ އެއްވެެސް ދާއިރާއެެއް ނެެތެވެެ. ޕޯޓްރެއިޓުން ފަށައިގެެން އިވެެންޓް ކަވަރޭޖަށް ވެސް ފޮޓޯ މޯލްޑިވްސްގެ ޝަޓާ ދަނީ ކަނޑަމުންނެެވެ. ހާއްސަކޮށް ތިނަދޫ، މަޑަވެލި އަދި ހޯނޑެއްދޫގައި ބާއްވާ ގިނަ އިވެންޓް ތަކުގެ ފޮޓޯގްރަފީ ޕާޓްނަރުގެ ދައުރު އަދާ ކުރަނީ ފޮޓޯޯ މޯލްޑިވްސްއިންނެވެ.

undefined

ފޮޮޓޯޯމޯލްޑިވްސްއިން އަންނަނީ އަތޮޅުގައި ތިިބި މޮޑެލް ކުރަން ބޭނުންވާ ކުދިންނަށްވެސް އެފުސަތު ދެމުންނެވެ. މީސްމީޑިއާއަށް ދޫކޮޮށްލާފައިވާ މަސަައްކަތްތަކަށް ބަލާލުމުން މިކަން އެނގިގެން ދާނެއެވެ. ފޮޓޯ މޯލްޑިވްސްގެެ ޕޯޯޓްރެއިޓް ޝޫޓްތަކަކީ ވަރަށްވެސް ތަފާތު ޝޫޓުތަކެކެެވެ. އާންމުކޮށް ޕޯޓްރެއިޓް ނަގާ ފޮޓޯގްރާފަރުންނާއި ފޮޓޯ މޯލްޑިވްސްގެެ ފޮޓޯގްރާފަރުންގެ ސްޓައިލް ވަރަށްވެސް ޔުނީކްއެެވެ.

undefined

ފޮޓޯ މޯޯލްޑިވްސްއިން އަންނަނީ ފޮޓޯގްރަފީގެ އިތުރުން ވެޑިންގ ޑެކަރޭޝަންގެ ހިދުމަތް ވެސް ދެމުންނެެވެ. މިވަގުތު ހަމައެކަނި ހުވަދު އަތޮޅުގައި މި ހިދުމަތް ފޯރުކޮށްދިން ނަމަވެސް އަމާޒު ހުރީ މުޅި ރާއްޖެެއަށްވެސް މި ހިދުމަތް ފުޅާކުރުމަށެވެ. ފަލާހު ބުނި ގޮތުގައި މި ހިދުމަތަކީ ތިން މީހުންގެ ވެސް ހުނަރާއި ޝައުގުވެރިކަން މިކަމަށް ހުރުމުން ކުރަން ފެށިކަމެކެވެ. އަދި ވީހާވެސް މޯޑާން ކޮށް މިކަން ކުރަން ފޮޓޯ މޯލްޑިވްސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

undefined

ފޮޓޯ މޯލްޑިވްސްގެ މިސްރާބު ހުރީ ރާއްޖޭގެ އެންމެ އުހަށެވެ. ނަމުންވެސް އެކަން ފާހަގަވެއެވެ. ޒުވާނުން މިދާއިރާއިން ބިނާކުރުމަކީ ފޮޓޯ މޯލްޑިވްސްގެެ އަޒުމެވެ. ފޮޓޯ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން ، އާންމު ނަމުން ނަމަ މިލްޒީރޯއާއި ގުޅިގެން ހުވަދު އަތޮޅުގެ ދެ ރަށެއްގައި ބޭސިކް ފޮޓޯގްރަފީ ކޯހެއް ކުރިޔަށް ގެންގޮސްފައެެވެ. އެއީ ތިނަދޫ އާއި ގދ ވާދޫ ގައެވެ. ފަލާހް ބުނި ގޮޮތުގައި މި ކޯސްތަކުގެ ސަބަބުން މިދާއިރާއަށް ނިކުންނަން ބޭނުންވެފައި ތިބި ޒުވާނުންނަތަކަށް ފޮޓޯ ނެގުމުގެ އަސްލު އެތިކްސް ދަސްވެފައިވާނެއެވެ.

މިދާއިރާއިން ކުރިޔަށް ދާން ބޭނުންވި ނަމަވެސް ފޮޓޯ މޯލްޑިވްސްއަށްވެސް ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ދާއިރާގެ މީހުންނަށް އެކަންކަން އަލެއް ނުވާނެއެވެ. އެއީ ރަނގަޅު ފުރުސަތު ތަކެއް އަތޮޅުގެ ތެރެެއިން ނުލިބުމާއި ފޮޓޯ ނަގާ ފަރާތްތަކަށް ފޮޓޯނެގުމަކީ ކިހާ ބުރަ އަދި ކިހާ އަގުހުރި ކަމެއްކަން ނުވިސްނުމެވެ. އެގޮތުން ގިނަ ފަހަރު ކިޔާ އަގުތައް ބޮޮޑު ވުމުގެ ސަބަބުން ޝޫޓްތަަށް އަތުން ބީވެެގެންވެެސް ދާލެއް މަދެއް ނޫނެވެ. އެހެން ނަމަވެސް ފޮޓޯ މޯލްޑިވްސް އިން ފޮޓީގްރަފީގެ އަގު ހިފަހައްޓާނެ ކަމަށް ފަލާހު ބުނެއެވެ.

undefined

ފަލާހް ބުނި ގޮތުގައި ތިން މީހުން އެކުގައި މަސައްކަތް ކުރާއިރު މަސައްކަތުގައި ހިޔާލު ތަފާތުވާ ކަންކަން ދިމާވާ ކަމަށާއި އެކަހަލަ ކަންކަން ނިންމަނީ ތިންމީހުންގެ ވެސް އެެކުގައި މަޝްވަރާކޮށްގެން ތިން މީހުންވެސް އިއްތިފާގުވާ ގޮތަށެވެ. ތިންމީހުންގެ ހިޔާލާ އެއްގޮތަށް ތިން މީހުން އިންޕުޓް ދީގެން ރަނގަޅު ނަތީޖާއެއް ނެރެނީއެވެ.

ކޮންމެ ކަމއެްގައިވެސް ކުރިއަށް ދެވޭނީ ގިނަ ބައެއްގެ އެއްބާރުލުމާވެސް އެކީގައެވެ. މިހާ ހިސާބަށް ފޮޓޯ މޯލްޑިވްސްއަށް އާދެވުމުގައި ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފަލާހް ބުނެއެވެ. އެގޮތުން ތިން މީހުންގެ އާއިލާއިންވެސް މިކަމަށް ފުރިހަމަ އެހީތެރިކަން ލިބެއެވެ. އަދި އޭގެ އިތުރުން އަލީ ނިޝާން ( މިލްޒީރޯ ) އަކީވެެސް ފޮޮޓޯ މޯލްޑިވްސް މިހާ ހިސާބަށް އައުމުގައި ވަރަށް ވެސް މުހިންމު ރޯލެެއް އަދާކުރި އެކަކެެވެ. ފޮޓޯގްރަފީގެެ މުހިންމެ އެތަށް ކަމެއް މިލްޒީރޯގެ ފަރާތުން ދަސްވި ކަމަށް ފަލާހު ބުނެއެވެ.

“ގާފު” ގެ ފަރާތުން ފޮޓޯ މޯލްޑިވްސްއަށް އެދެނީ ކާމިޔާބު ކުރިމަގަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ