
DSC_4837
ގދ. ތިނަދޫ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ އޯކިޑް މަގާއި މޭނާ މަގު ގުޅޭ ކަންމަތީގައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:00 ހާއިރުކަމަށް "ގާފު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ދެ ސައިކަލުގައި ދުއްވަން އިން ދެ މީހުންނަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީފަރުވާދެމުންނެވެ.
މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
