މަސައްކަތް ނުނިމޭތީ މަޖިލީހުގެ ދައުރު އިތުރު ކުރަނީ

ރައްޔިތުންގެ މަޖިލިސް -

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސް ކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު އިތުރު ކުރަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އޮގަސްޓް މަހު ފަށާ ތިންވަނަ ދައުރު ނިމެނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ދައުރު ދިގުކޮށްލެވޭނެއެވެ.

އާދީއްތަ ދުވަހަކީ އާއްމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫން ނަމަވެސް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި މިއަދު ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައި އެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހެއްގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް