logoEN
cocacola
ބަޔާން އަދި ސިޓީ ދެވަނަ ބުރަށް، ލިވަޕޫލް ބަލިވެއްޖެ

ބަޔާން އަދި ސިޓީ ދެވަނަ ބުރަށް، ލިވަޕޫލް ބަލިވެއްޖެ

ގާފު އެޑިޓޯރިއަލް

logo

11/26/2020, 7:19:32 PM

_115647762_whatsubject

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން, ބަޔާން މިއުނިކް އަދި ސިޓީ ދެވަނަ ބުރުގެ ޖާގަ ޔަގީންކުރިއިރު އަމިއްލަ ދަޑުގައި ކުޅެ އެޓްލާންޓާ އަތުން ލިވަޕޫލް ބަލިވެ ދެވަނަ ބުރަށް ކޮލިފައިވާން އިތުރު އިންތިޒާރެއް އެ ޓީމުން ކުރަން ޖެހިއްޖެއެވެ.

ގޮސިޔާ

ރޭ އަމިއްލަ ދަޑުގައި ބަޔާން އާއި ސްލާބާޒްއާ ބައްދަލުކުރި މެޗު ނިމުނީ 1-3 ގެ ތަފާތުން ބަޔާން ކުރީގައި އޮވެގެންނެވެ. މި މެޗުގައި ފުރުތަމަ ގޯލް ޖެހީ ފުރުތަމަ ހާފް ނިމެންދަނިކޮށް ސާޅީސްދެވަނަ މިނެޓުގައި ބަޔާންގެ ތަރި ރޮބާޓް ލެވަންޑޯސްކީ އެވެ. އަދި ދެވަނަ ހާފް ފަށައިގެން ދެވަނަ ގޯލް މާގިނައިރެއްނުވަނީސް ބަޔާން ގެ ޒުވާން ފޯވާޑް ކިންގްސްލޭ ކޯމަން ޖަހައި މެޗުގެ ކޮންޓްރޯލް އެ ޓީމުން ނެގިއެވެ. މި ކޮންޓްރޯލާއި އެކު ސްޕޭންގެ އެސްޕަނެޔޯލް ގައި ކެރިޔާރ ފެށި މާރކް ރޯކާ އަށް ދެއްކި ދެވަނަ ރީދޫ ކާނޑާއި އެކު ޢޭނާ އަށް ރަތް ކާޑު ދެއްކިއެވެ. އަދި މި ސީޒަނުގައި ސިޓީއިން ބަޔާން އަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން ސާނޭ ވެސް ވަނީ ފަސްދޮޅަސް އަށްވަނަ މިނެޓުގައި ގޯލެއް ޖަހާ ލީޑު އިތުރަށް ފުޅާކޮށް ދީފައެވެ. އެއަށް ފަހު ސްލާބާޒުން ވަނީ ގޯލެއްޖަހާ ސުންކަޓުވައި ދީފައެވެ. މި ގޯލް އެ ޓީމަށް ޖަހައިދިނީ ނަވާވީސް އަހަރުގެބެރީށާ މާގިމް ބެރީށާ އެވެ.

ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން ސިޓީ މޮޅުވީ 1-0 އިންނެވެ. ފިލް ފޯޑެންގެ ހަމައެކަނި ގޯލާ އެކު ރޭ ލިބުނު ތިން ޕޮއިންޓުން ސިޓީ އަށް ވަނީ ހަތަރު މެޗުން ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައި ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ޕޯޓޯ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. އެއީ ރޭ އެ ޓީމުން މާސޭ އަތުން 2-0 އިން މޮޅުވުމުންނެވެ.

ރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ނަމަވެސް އެކަމެއް ހާސިލެއްނުވި އެވެ. މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އޮތް ލިވަޕޫލް އަނެއް ބުރަށް ކޮލިފައިވާން ބޭނުންވަނީ މަދުވެގެން ތިން ޕޮއިންޓެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތީ ރޭ މިޓްޔައެލަންޑް އަތުން 3-1 އިން މޮޅުވި އަޔަކްސް އެވެ. ދެ ވަނައިގައި އޮތް އަޔަކްސް އާއި ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް މިޓްޔައެލަންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ވަނީ ރޭ ރަށުން ބޭރުގައި އިންޓަ މިލާން އަތުން 2-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި އެޑެން ހަޒާޑްގެ ޕެނަލްޓީން ރެއާލް ލީޑުނަގާފައިވަނިކޮށް މެޗުގެ 33 ވަނަ މިނިޓްގައި އިންޓަ އަށް މައްސަލަ ދިމާވީ އެ ޓީމުގެ އާޓޫރޯ ވިޑާލަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އިންޓަގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ރެއާލުން ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖެހި އެވެ. މިއީ އިންޓަގެ އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެމެޗު އޮއްވައި ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮއްފައިވަނީ ސިޓީ އަދި ބަޔާން ގެ އިތުރުން ބާރސެލޯނާ ، ޔުވެންޓަސް ، ޗެލްސީ އަދި ސެވިއްޔާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ