logoEN
ޕީއެންސީ 2
ތިނަދޫއަށް ފޮނުވި ކުރު ސިޓީ އެއް!

ތިނަދޫއަށް ފޮނުވި ކުރު ސިޓީ އެއް!

ކ.ތ.ޒ

logo

7/10/2021, 9:00:33 AM

# ކޮވިޑް19# ގދ.ތިނަދޫ# ކޮލަމް

DSC_1548

ތިނަދޫ ރައްޔިތުންނަކީ ޒަމާނުއްސުރެ ދިމާވާ ދަތި ތަކުގައި އެކަކު އަނެކަކަށް އެހީ ވެދީ، ސަރުކާރު ވުޒާރަތަކުގެ އެންގުންތަކަށް ކިޔަމަންވެ ބޯލަނބައި ހެދި ބައެކެވެ. ކޮންމެ ކަމައްގައިވެސް އަޚުވަންތަ ކަމުގެ ގުޅުން ކުރިޔަށް ނެރުނު ބަޔެކެވެ. ޚާއްސަކޮށް ދިމާވާ ގުދުރަތީ ކާރިޘާ ތަކުގައެވެ. 2004 ވަނަ އަހަރ މާރިޗް މަހުގެ 17 ވަނަ ދުވަހު ދިމާވި "އެނަމާ ބޯޓު" ބަންޑުން ޖަހާލި ކާރިޘާ މީގެ އެއް ހެއްކަކަށް ފުދެއެވެ. ރައްޔިތުން އެދުވަހު އަތުގުޅާލީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކީގައި ގެއްލުން ލިބުނު ޢާއިލާތަކަށް އެހީ ވުމުގައެވެ. ގެއްލި ދިޔައީ ތިމާމެންގެ ވެސް އާއިލާ ބަޔަކު ކަމުގައި ދެކި ގެންނެވެ.

ޝަރީ 2024

މިފަދަ އެއްތައް ހާދިސާތައް ތިނަދޫއަށް ދިމާވެ އެކަމުން އަރައިގަނެވިފައި ވެއެވެ. މިއަދު މިވަނީ އޭގެ އެފަދަ ބޮޑު އެއް ހާދިސާ ދިމާވެފައެވެ. ތިނަދޫ އާއި މުޅި ހުވަދު އަތޮޅަށް ނަގައިފައިވާ ކޮވިޑް ގެ ބިޔަ ރާޅުން ސަލާމަތްވެ، ސަލާމަތުގެ އައްސޭރިއެއް ހޯދަން ވެފައެވެ. ވަކި ހިއްޕަމުން އުފަލުން ފޮޅެމުންދާ ކޮވިޑް19 ފައިބުޑަށްލާ ޗިސް ކޮށްލަން ވެފައެވެ. ތިމާ އާއި ތިމާގެ އަޚުންގެ ޙައްޤުގައެވެ. މިއީ އެންމެން އަނެއްކާވެސް އަތުކުރި އޮޅާލައިގެން މި ވަބާ އާއި ދެކޮޅަށް ތެދުވަން ވީ ވަގުތެވެ. ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އަދި ރައްކައުތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކަށް އެއްބާރުލުން ދޭންވީ ވަގުތެވެ. އެކަކު އަނެކަކަށް އިނގިލި ދިގުކޮށް ކުށްވެރި ކުރުމުގެ ބަދަލުގައި ކޮންމެ މީހަކީ ވެސް ޒިންމާއެއް އޮތް މީހަކު ކަމުގައި ދަނެ، އެ ޒިންމާ ފުރިހމަ ގޮތުގައި އަދާ ކުރާ ބައެއް ކަމުގައި ވުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. އެންމެން އެކީ އެއް އަންބާ ކިޔައި މިކަމުން ސަލާމަތް ވާނެ ކުރި މަގެއް ހޯދުމަށް އެހީ ވެދޭށެވެ. މާލޭ ގެ ތިބި ސިއްޙީ ދަރިން ބަލިވެ ހަންކެނޑުނުހެން ތިނަދޫ ގެ ދަރިންނަށް އެވަރު ނުވަނީސް ސަލާމަތްވަމާ ހިނގާށެވެ.

ޚިޔާލު ތަފާތުކުރުންތައް ނައްތާލައިގެން މެނުވީ މި ކަމުން އަރައިގަނެވޭކަށް ނެތެވެ. މިކަމަކީ ޕާރޓީ ސިސްޓަމަށް ބަލައިގެން ސަލާމަތް ވެވެން އޮތް ކަމެއް ނޫނެވެ. ސަރުކާރުން ފަރުދީ ޒިންމާ އަދާ ކުރުމަށް ރައްޔިތުން ކުރެން އެހުމުން އެކަމަށް ގޮންޖަހައި ސަރުކާރުން ކުރާ ކަންތަކަށް ފާޑުކިޔުމަކުން ނުފުދޭނެއެވެ. އާބާދީ ކުޑަ ރަށްތަކުން ފަސޭހަކަމާއެކު ދިމާވެފައިވާ ހާލަތުން އަރައިގަނެވުނަސް އާބާދީ ބޮޑު ރަށްތަކުން ގޮންޖެހުންތަކަކާ ކުރިމަތި ވާނެއެވެ. ކައުންސިލްތަކުންނާއި ޓާސްކުފޯސް ތަކުން އަޅާ ފިޔަވަޅު ތަކަކީ ރައްޔިތުންނަށް އުނދަގޫ ކުރަން އަޅާ ފިޔަވަޅު ތަކެއް ނޫނެވެ. މިފަދަ ފިޔަޅުތައް ތަންފީޒު ކުރުމުން އޭގެ މަންފާ އާއި މޭވާ ލިބެން އޮތީ ރައްޔިތުންނަށެވެ.

މި ކަމުގައި ރައްޔިތުން އެއްބައިވެ މަސައްކަތްކުރަމާ ހިނގާށެވެ. ތިނަދޫގެ އިއްޔެގެ އަދަދުތައްވެސް މި ވީހާ ދުވަސްތަކުގައި އަދަދު ހުރި ގޮތާ އަޅާބަލާއިރު ބޮޑުތަން މަދެވެ. އިއްޔެ ފައްސިވީ އެންމެ މީހެކެވެ. ފައްިސާވާ ރޭންޑަމް ސާމްޕަލްތައް ނެތޭ ބުންޏަސް މިހާރު ދޮގަކަށް ނުވާނެ އެވެ. އެހެން ކަމުން ދެން މިކަމުގައި ބޭނުން ވަނީ ރައްޔިތުންގެ ކުޑަ ހިތްވަރެކެވެ. ފަރުދީ ޒިންމާއެވެ.

ތިނަދޫގެ އުދަރެހުން އަރައިގަތް ކޮވިޑްގެ ބިޔަ ކޮޅިގަނޑު ހިނދި, އަމާން ޖައްވެއްގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ނަމަވެސް ފުރިހަމަ ރައްކައުތެރިކަމާ ހިސާބަށް ވާސިލް ނުވެވެއެވެ. ހުރިހާ އެންމެންވެސް ގޭގައި މަޑުކުރައްވާށެވެ. ނޫނީ މި ކޮޅިގަނޑުގެ ވިލާތައް އަނެއްކާވެސް ރަށް މެދަށް ފެތުރިލައި ބަނަ ކޮށްލާނެ އެވެ. ބައްޔަށް ސަމާލުވެ, ބަލި ފެތުރިޔަ ނުދީ މިކަމުން މިންޖުވާން ހިނގާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާފުގެ ކޮލަމް ސެކްޝަނަށް ކ.ތ.ޒ ލިޔެދީފައިވާ ކޮލަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ