logoEN
cocacola
ގިނަ ބަޔަކަށް ނޭނގޭ ދުނިޔެއާއި ގުޅޭ ބައެއް ޝައުޤުވެރި މަޢުލޫމާތުތަކެއް!

ގިނަ ބަޔަކަށް ނޭނގޭ ދުނިޔެއާއި ގުޅޭ ބައެއް ޝައުޤުވެރި މަޢުލޫމާތުތަކެއް!

ގާފު އެޑިޓޯރިއަލް

logo

11/23/2020, 5:19:19 PM

# މައުލޫމާތު

602x338_cmsv2_7c0993c5-bafd-5f41-a0ca-ee961e26cf6c-3958336

ތިރީގައި އެވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ ޝައުޤުވެރި 6 ކަމެކެވެ.

ގޮސިޔާ

ދުނިޔޭގައި "ކޮކާ ކޯލާ" ހަމައެކަނި ގަންނަން ނުލިބޭ ޤައުމުތަކަކީ ނޯތް ކޮރެޔާ އަދި ކިއުބާ

ދުނިޔޭގެ ކޮންމެ ހިސާބަކަށް ދަތުރުކަމުގައި ވިޔަސް ކަރުހިއްކުން ފިލުވާލުމަށް ކޮކާ ކޯލާއެއް ލިބޭކަމަކީ ގިނައަދަދެއްގެ މީޙުންނަށް ބޮޑު ހިންހަމަޖެހުމަށް ލިއްބައިދޭ ކަމެކެވެ. އަދި ކޮކާ ކޯލާ އެންމެ މީރު ބުއިން ކަމުގައި ދެކި، އެއަށް ދެވިހިފާފައިވާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް "ކޮކާ ކޯލާ" މި މަޝްހޫރު ފިޒީ ބުއިން ނޯތު ކޮރެޔާ އަދި ކިއުބާއިން ލިބެން ނުހުންނަކަން ބީ.ބީ.ސީ އިން ރިޕޯޓްކޮށްފައި ވެއެވެ. ސަބަބަކަށް ވެފައި ވަނީ މިޤައުމުތަކަށް މުދާއެތެރެ ކުރުން މަނާކޮށް އެމެރިކާއިން އަޅާފިޔަވަޅުތަކުގެ އިތުރުން، މިޤައުމުތަކަށް މުދާ އެތެރެކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކެވެ.

undefined

މުޅި ދުނިޔޭގެ އާބާދީ އެމެރިކާގެ ލޮސް އެންޖެލްސް އަށް ފިޓްކޮށްލެވޭނެ

މުޅި ދުނިޔޭގެ އާބާދީ އުޅެނީ 7.5 ބިލިޔަނުގައި ނުވަތަ އެއަށްވުރެ މަތީގައެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. މިހާ ގިނަ އަދަދެއްގެ މީހުން އެމެރިކާގެ ލޮސް އެޖެލްސްގައި ގަރާރުވެދާނެތޯ މިއީ ސުވާލު އުފެދިދާނެކަމެކެވެ. ނަމަވެސް ދުނިޔޭގެ މުޅި އާބާދީގައި ހިމެނޭހެން ކޮނޑާއި، ކޮނޑު ޖައްސައިގެން، މީހަކާއި ޖެހި މީހަކު އެތުރިއްޖެނަމަ، ލޮސް އެޖެލްސްގެ 500 ސްކެއާ މައިލްސްގެ އޭރިޔާގައި އެންމެން ފިޓްކުރެވިދާނެކަމަށް ނޭޝަނަލް ޖިއޮގްރަފިކް އިން ބުނެއެވެ.

undefined

ދުނިޔޭގައި އެއްމާޑު ކުދިން އުފަންވާ ރޭޓް އިތުރުވުން

އެއްމާބަނޑު ކުދިން ލިބޭ ނިސްބަތަކީ މަދު އަދަދެއްކަމުގައި ބައެއް ބޭފުޅުންނަށް ހީކުރެވިދާނެއެވެ. ނަމަވެސް ރިސާރޗް ތަކުން ދައްކާ ގޮތުން އެއްމާބަނޑު ކުދިން އުފަންވާ ނިސްބަތް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. 1980ގެ އަހަރުތަކަށް ބަލާއިރު، ކޮންމެ 50 ކުދިންގެ ތެރެއިން އެއްކުއްޖަކީ އެއްމާބަނޑު ކުއްޖެކެވެ. ނަމަވެސް މިހާރަށް ބަލާއިރު، ދުނިޔެއަށް އުފަންވާ ކޮންމެ 30 ކުއްޖަކުން އެއްކުއްޖަކީ "ޓްވިންސް" އެކެވެ. ސައިންޓިސްޓުން ޤަބޫލުކުރާގޮތުގައި، މިއީ މެދު އުމުރުގައި އަންހެނުން މާބަނޑުވުމާއި، އަދި ދަރިން ހޯދުމަށް ތަފާތު ފާޓިލިޓީ ބޭސްތައް ބޭނުންކުރުން، ނުވަތަ މާބަނޑުވުމަށް ފުރުޞަތު ފަހި ކުރުމަށް ޚާއްސަ ފަރުވާ ހޯދުން ހިމެނެއެވެ.

undefined

ދުނިޔޭގެ އެންމެ "ހޮޓް ޗިލީ ޕެޕަރ" ނުވަތަ އެންމެ ކުޅި މިރުސް، އޭގެ ކުޅިކަމުން އިންސާނެއްގެ ފުރާނަ ދުއްވާލުމުގެ ބާރު އެއަށް ލިބިގެންވޭ

ނުރައްކާތެރި ހަތިޔާރަކާ އެއްވަރު "ޑްރެގޮންސް ބްރެތް ޗިލީ ޕެޕަރ" ވެގެންދަނީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ދުނިޔޭގެ ކުޅިމިރުހުގެ ގޮތުގައެވެ. މި ބާވަތުގެ މިރުހެއް ކާލެވިއްޖެ ނަމަ،އޭގެ ކުޅިކަމުން އެއަރ ވޭ، ނުވަތަ ނޭވާލާ ހޮޅި ބްލޮކްކޮށް ނުވަތަ ބަންދުކޮށް، "އެނަފައިލެކްޓިކް" ނުވަތަ އާދަޔާ ޚިލާފު އެލާޖީއެއްގެ ސަބަބުން އިންސާނާގެ ފުރާނަޔަށް ނުރައްކާވެއެވެ. މިރުސް ހެއްދުމަށް ޝައުޤުވެރި ބޭފުޅެއް ކަމުގައިވާ މައިކް ސްމިތް އަދި ނޮޓިންގހަމް ޔުނިވާސިޓީގެ ސައިންވެރިއަކު ގުޅިން އީޖާދުކުރި މި "ޑްރެގޮންސް ބްރެތް ޗިލީ ޕެޕަރ" ، މައިކް ސްމިތް ބުނެފައިވާގޮތުން މިރުހުގެ އެތިކޮޅެއް ދުލުގައި ޖައްސައިފިނަމަ، ކުޅިކަން ފިލުވްން ވަރަށް އުދަނގުލެވެ.

މިފަދަ މިރުހެއް އުފެއްދުމުގެ ބޭނުމާއިމެދު މިހާ ހިސާބުން ސުވާލު އުފެދިދާނެއެވެ. މި މިރުހަކީ ސިއްޙީ ބޭނުމަކަށް ތައްޔާރު ކުރެވިފައިވާ އެއްޗެކެވެ. އެނގިފައިވާގޮތުން، ހަންގަނޑުގައި މިމިރުސް އުނގުޅައިފިނަމަ، އައްސިވެއެވެ. ހަންގަނޑު އައްސިކުރުމަށް ބޭނުންކުރާ ތަފާތު ބޭސްތަކާއި އިންޖެކްޝަން ހެދުމަށް މާއްދާއެއްގެ ގޮތުގައި މިބާވަތުގެ މިރުސް ބޭނުންކުރެއެވެ.

undefined

ކޮންމެ ސިކުންތަކު ދުނިޔެއަށް 5 ކުޑަކުދިން އުފަންވޭ

މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު، ކޮންމެ ސިކުންތަކު 5 ކުޑަކުދިން ދުނިޔެއަށް އުފަންވެ، އަޅުގަނޑުމެން އެކުދިންނަށް ދުނިޔެ މަރުޙަބާ ކިޔަމުއެވެ. މިއީ ކުޑަ ވަރެއްގެ ހިސާބެއް ހަދައިފިނަމަ، މިނިޓަކަށް 250 (ދުއިސައްތަ ފަންސާސް) ކުދިންނެވެ. ގަޑިޔަކުން ބަލައިފިނަމަ 15000 (ފަނަރަ ހާސް) އެވެ. އަދި މި ރޭޓް ދުވަހަކަށް ބަލައިފިނަމަ، 360000 (ތިންލައްކަ ފަސްދޮޅަސް ހާސް) އެވެ. އަދި މުޅި ދުނިޔެއަށް އަހަރަކު 134.4 މިލިޔަން ކުދިން އުފަންވާކަމަށް އިކޮލޮޖީ ގްލޯބަލް ނެޓްވޯކުން ހާމަކުރެއެވެ.

undefined

ދުނިޔެއަށް އުފަންވާ ކުދިންނަށް ކިޔާ ނަންތަކުގެ ތެރެއިން އެންމެ ގިނަ ކުދިންނަށް ކިޔާފައިވާ އަދި އެންމެ މަޝްހޫރު ނަމަކީ އަޅުގަނޑުމެންގެ ލޮބުވެތި ކީރިތި މާތް ރަސޫލާގެ ނަންފުޅު، "މުޙައްމަދު"

ދުނިޔޭގައި އެންމެ ގިނަ އިންސާނުންނަށް ކިޔާފައިވާ ނަންތަކުގެ އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވެނީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ނަންފުޅު "މުޙައްމަދު" އެވެ. އިންޑިޕެންޑެންޓް އިން ހާމަކުރާގޮތުގައި ލަފާކުރެވޭގޮތުގައި، 150 މިލިޔަން ފިރިހެނުންނާއި، ކުޑަކުދިންނަށް "މުޙައްމަދު" ގެ ނަން ދެވިފައި ވެއެވެ. މިގޮތުން ކުދިންނަށް ނަންކިޔުމުގައި، އަރަބި ނަންތައް އަދި ވަކިން ޚާއްސަކޮށް ރަސޫލު ބޭކަލުންނާއި، ނަބީބޭކަލުންގެ ނަންތަކުގެ އިތުރުން ސަޙާބީ ބޭކަލުން ނަންތައް ބޭނުންކުރުމުގެ ސަޤާފަތެއް އިސްލާމް ދީނުގައި ވެއެވެ.

undefined

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ