ދެމަފިރިން އެއްކޮށް ފެންވެރުން، ދީނީ ނަޒަރަކުން

ކައިވެނި ކޮށްގެން ދިރިއުޅުމެއް ބިނާކުރާދެމަފިރިންގެ ދެމެދުގެ ގުޅުން ރަނގަޅު ކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވަފާއި ވާއިރު އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަންވެސް އިސްލާމްދީނުގައި އަހަރެމެންނަށް ވަނީ ބުނެދީފައެވެ. މީގެތެރެއިން ގިނަ ކަންކަމަކީ އަހަރެމެންގެ ކީރިތި ރަސޫލާ މުހައްމަދު (صلى الله عليه وسلم) ގެ ހަޔާތްޕުޅުން ދަސްވެފައިވާ ކަންކަމެވެ.

މިގޮތުން، ދެމަފިރިން ލޯބިފާޅުކޮށް ބޮސްދިނުމާއި، ހަދިޔާ ބަދަލުކޮށް އެކަކު އަނެކަކަށްޓަކައި ޒީނަތްތެރިވުމުގެ އިތުން ދެމަފިރިން އެކުގައި ފެންވަރައި އެކަކު އަނެކަކު ގައި އުނގުޅައިދީ ހެދުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ދެމަފިރިން އެކުގައި ހިނައިގަތުމަކީ ހުއްދަކަމެއް ކަމާއި އަދި އެކަމަށް ބާރުލިބޭ ހެކިތައް ރަސޫލް (صلى الله عليه وسلم) ގެ ހަޔާތްޕުޅުންވެސް ފެންނަން އެބަހުއްޓެވެ. އެކަން ސާބިތުވަނީ ޢާއިޘަތުގެފާނުގެ ބަސްފުޅަކުންނެވެ. "ތިމަން ކަމަނާ އާއި ރަސޫލް (صلى الله عليه وسلم) އާއި ދެބޭފުޅުން އެއް ކަންވާރަކުން ނާނައިފުޅުފިއްލަވަމެވެ. އެކަންވާރަށް ކިޔަނީ އަލްފަރަޤް އެވެ." (ޞަޙީޙް ބުޚާރީ)

ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ އަނބިކަނބަލުން މައިމޫނަތުގެފާނު ރިވާކުރެއްވެވި ބަސްފުޅެއް އިމާމް ތިރްމިޛީ ވަނީ ބަޔާން ކުރައްވަވައިފައެވެ. އަދި މި ބަސްފުޅަށް ރިޢާޔަތް ކުރައްވަވައި އެއް ކަންވާރަކުން ދެމަފިރިން އެކުގައި ފެންވެރުން އިމާމް ވަނީ ހުއްދަކުރައްވަވައިފައެވެ.

ޒަވާޖީ ހަޔާތް ކާމިޔާބު ކަމާއެކު ދެމެހެއްޓުމަށްޓަކައި މިފަދައިން ދެމަފިރިން އެކުގައި ކުރެވޭނެ ގިނަ ކަންކަން އިސްލާމްދީނުގައި އަހަރެމެންނަށް ދަސްކޮށްދިފައި އެބަހުއްޓެވެ.

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް