
126195392_231553241636743_7888281103609735414_o
ހުވަދޫ ސްވިމިންގ ކްލަބްގެ ފަރާތުން ކުޑަކުދިންނަށް ޚާއްސަ ފެތުމުގެ ޕްރޮގްރާމެއް ފެށުމަށް އެ ޖަމިއްޔާއިން ތައްޔާރުވާން ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. 20 ދުވަހަށް ބަހާލައިގެން ކުރިއަށް މިގެންދާ ފެތުމުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 9 އަހަރުން މަތީގެ ކުދިންނަށެވެ.
ގދ.ތިނަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އަމާޒަކީ ފަތަން ނޭނގޭ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ އިތުރުން މޫދު ގެ ކުޅިވަރުތަކާއި އެހެނިހެން ހަރާކާތްތަކަށް ކުދިން ގެ ހިތުގައި ލޯބި ޖެއްސުމެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި މިއަހަރު އުފެދުނު ޖަމިއްޔާއެކެވެ.
ގުޅުންހުރި

އާރުޓީއެލް ހުވަދޫ އޮޕަރޭޝަނަށް މުވައްޒަފުން ހޯދަނީ

އެތެރެހަށީގެ އަދި ކަރުންމަތީގެ ހާއްސަ ޑޮކްޓަރުން ވައިޓަލްކެއާ ހުވަދޫއަށް!

ހުވަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުން - ޑރ މައުސޫމް
