
big_fBcOx27SpK7sw2SMxVkTDyUVH
މާލޭގައި ކޮވިޑް19 ޖެހުނު މާބަނޑު އަންހެނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މާބަނޑު އަންހެން މީހާގެ ހާލު ވަނީ މީގެ ކުރިން ރާއްޖެ އިން މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ނުވާ މިންވަރަށް ހާލު ސީރިއަސްވެފައި ކަމަށެވެ.
ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ މާބަނޑު މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންގެ ހާލު މީގެ ކުރިން ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ސީރިއަސް ވަމުން ނުދާކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް ޖެހޭ މާބަނޑު އަންހެނުންގެ ހާލު ސީރިއަސްވާ މިންވަރު އިތުރުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ.މުހައްމަދު އަލީ ވިދާޅުވީ އުއްމީދު ކުރަނީ މާބަނޑު މީހުންނަށް ވެކްސިނެއް ދިނުމުގެ ހުއްދަ ވަރަށް އަވަހަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޭނެ ކަމަށެވެ. މިހާރު ވެސް ބައެއް ގައުމުތަކުގައި ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދެމުން އަންނަކަން ޑރ.މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.
ގުޅުންހުރި

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން އަންނަ ހޮނިހިރު ދުވަހު!

މެޑިސިން ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔުމަށް ރައީސް ހަމަޖައްސަވައިފި

އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް
