
145764202_418694309421885_5932887180473900113_n
ގދ. ތިނަދޫގައި ވެކްސިން ޖެހި މީހުންގެ ތަފާސް ހިސާބުތައް ހާމަކޮށްފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު, ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 2968 އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 1144 މީހުންނެވެ.
ވެކްސިން ޖެހި މީހުންގެ ތަފާސް ހިސާބުތަކުގެ އިތުރުން, އެރަށުގެ ކްލަސްޓާ ތަކުގެ މައުލޫމާތާއި, ނަގާފައިވާ ސާމްޕަލްތަކުގެ މައުލޫމާތުވެސް ވަނީ އާންމުކޮށްފައެވެ. އެ މައުލޫމާތަށް ބަލާއިރު, ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 22 ސާމްޕަލެއް ނަގާފައިވާ ކަމަށާއި, މިއަދާ ހަމައަށް ޖުމްލަ 1024 ސާމަޕަލެއް ނަގާފައިވާއިރު މިވަގުތު ނަތީޖާ ނުލިބި ޖުމްލަ 600 ސާމްޕަލް އެބަ ހުރި ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ތިނަދޫގެ ކޮވިޑް ހާލަތާ ގުޅިގެން އެރަށުގެ އީއޯސީން ވަނީ ރޭ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. ނަމަވެސް އިތުރު ކަމެއް ނޫޅޭތީ މިރޭ އެ ބައްދަލުވުން ނުބާއްވައެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ. މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 29 އަށް އަރާފައެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
