logoEN
cocacola
ތިނަދޫ އީއޯސީގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މިރޭ ބާއްވަނީ

ތިނަދޫ އީއޯސީގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މިރޭ ބާއްވަނީ

# ކޮވިޑް19# ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

Gdh.thinadhoo Council

ކޮވިޑް19 އާ ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންޕަރެންސެއް ބާއްވަން ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.

ގޮސިޔާ

މިއީ ތިނަދޫ އިއޯސީއިން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ތިނަދޫ އީއޯސީން ނޫސްވެރިންނާ ބައްދަލުކުރާއިރު, މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 28 އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންނާއެކު ތިން މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. އަދި މިހާލަތުގައި ރަށް އޮތީ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތުގައެވެ.

ގދ. ތިނަދޫ ކައުންސިލްގެ އިދާރާގައި މިރޭ 09:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރެސް ކޮންފަރެސް "ގާފު" ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ