logoEN
cocacola
ދެއްވަދޫ ސިއްޙީ މަރުކަޒު ބޮޑު ކުރަނީ

ދެއްވަދޫ ސިއްޙީ މަރުކަޒު ބޮޑު ކުރަނީ

# ގއ.ދެއްވަދޫ

l_2021_01_14_011016_82fpusv9by73dcqe1xralwn4im56zjokhtg_EN_

ގއ. ދެއްވަދޫގެ ސިއްހީ މަރުކަަޒުގައި އެކްޓެންޝަން އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ގޮސިޔާ

މިއީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަލަށް ފަށާ މި މަޝްރޫއަށް މިއަހަރު ބަޖެޓުކޮށްފައިވަނީ 455,000 ރުފިޔާ އެވެ.

ދެއްވަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ .ދެއްވަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން ކުރި އިއުލާން ބާތިލްކޮށް ، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރާ ކަަމަށެވެ. އެ އިއުލާނުގައިވާ ގޮތުން މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ތަކެތީގައެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން [email protected] ނުވަތަ [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.

މިޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި ދެއްވަދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

އެ އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 11 މެއި 2021ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] ނުވަތަ [email protected] އަށް މެއިލް ކުރުމަށްވެސް އެ ކައުންސިލުން އެދެއެވެ. އަދި ބިޑްގައި ބައިވެރުވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ