
ތިނަދޫގައި ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާންމުކޮށްފި
# ގދ.ތިނަދޫ# ތިނަދޫ ކައުންސިލް# ކޮވިޑް19thinadhoo-council
ގދ. ތިނަދޫގައި ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މައުލޫމާތު އެ ރަށު ކައުންސިލުން އާންމުކޮށްފިއެވެ.

މިއީ ތިނަދޫ ކައުންސިލުން އެ މައުލުމާތު އާންމު ކުރި ފުރަތަމަ ފަހަރެވެ. އެ ކައުންސިލުން ކަރަންޓީނު ގެތަކުގެ މައުލޫމާތު އާންމުކޮށްފައިމިވަނީ އެ މައުލުމާތު އާންމު ނުކޮށްގެން ގިނަ ބަޔަކު އެކަމާ ދެކޮޅަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެކައުންސިލުން ނެރުނު ލިސްޓުގައި ވާގޮތުން އެރަށުގެ ޖުމްލަ 60 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
ތިނަދޫގައި ކަރަންޓީނުކޮށްފައި ހުރި ގެތަކުގެ މައުލޫމާތު ކައުންސިލުން އާންމުކުރިއިރު, ތިނަދޫގެ ހާލަތު އިތުރަށް ގޯސްވެ, ޖުމްލަ 23 ފައްސި ކޭސްއެއް ވަނީ ފެނިފައެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ އޭޕްރިލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ، އެ ފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އެކޭސް އާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްވެސް ތިނަދޫ އިން ވަނީ ފެނިފައެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
