logoEN
ޕީއެންސީ 2

raees (2)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހަށް މާދަމާ ބައެއް ބަދަލުތައް ގެންނާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޝަރީ 2024

މާދަމާ ގެންނާނެ ބަދަލުތަކުގެ ތެރޭގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ.ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކެބިނެޓަށް ބަދަލުތައް ގެންނަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުން ވެސް މިދިޔަ ހަފްތާގައި ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ފިޝަރީޒް މިނިސްޓަރަކަށް މިހާރު ހުންނެވި ޒަހާ ވަހީދު ފިޝަރީޒް މިނިސްޓަރު ކަމުން ދުރުކުރުމަށް ފަހު އައްޔަން ކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް ކަމަށް ވެއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވެސް މާދަމާ ޑިމޯޓް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު މިނިސްޓަރަކު ނެތް ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ވެސް މާދަމާ ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް ވަނީ ކޯލިޝަން ޕާޓީތަކަށް އަންގަވައިފަ އެވެ. ރައީސްގެ އެނިންމެވުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާދަމާ ފިޝަރީޒް މިނިސްޓްރީ އާއި އެންވާރްމަންޓް މިނިސްޓްރީއަށް ބަދަލުތަކެއް ގެންނައިރު އެދެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް މަސްވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވައިދުތައް އަދިވެސް ހެދިފައި ނުވާތީ ޒަހާ ވަޒީރު ކަމުން ދުރުކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ