
ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# މިނިސްޓަރ ޒަހާ# ވަޒީރުންގެ މަޖިލިސްScreenshot 2020-11-12 at 20.39.41
ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހިދު އެ މަގާމުން ވަކިކޮށް، ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ކެބިނެޓްގެ ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލު ކުރުމާއި، މިހާރު ތިބި ބައެއް ވަޒީރުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެތެރޭ ނިންމަވާނެ ކަަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ވަކި ކުރާ ވަޒީރުންގެ ތެރޭގައި ޒަހާވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ އިތުރުން އެހެނިހެން ބައެއް ވަޒީރުން އެހެން ވުޒާރާތަކަށްވެސް ބަދަލު ކުރުމަށް ވަރަށް އަވަހަށް ރައީސް ނިންމަވާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ގުޅުންހުރި

ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ބައިވެރިވާން ނިންމައިފި

މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ޑރ މުއިއްޒުގެ ސަރުކާރު ބަލިކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް - ނާޒިމް
