logoEN
cocacola
ސިވިލް ސާވިސް ކޮމިޝަނުން އަންހެނުންނަށް ގޮނޑި ޚާއްސަ ނުކުރަން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަނުން އަންހެނުންނަށް ގޮނޑި ޚާއްސަ ނުކުރަން ނިންމައިފި

# މަޖިލިސް# ސިވިލް ސާވިސް ކޮމިޝަން

rozaina-adam-17-876x566

ސިވިލް ސާވިސް ކޮމިޝަނުން އަންހެނުންނަށް ގޮނޑި ޚާއްސަ ނުކުރާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފިއެވެެ.

ގޮސިޔާ

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލަށް ކޮމެޓީ މަރުހަލާގައި ވަނީ އަންހެނުންނަށް ސިވިލް ސާވިސް ކޮމިޝަނުން ގޮނޑު ހާއްސަ ނުކުރާ ގޮތަށް ނިންމާފައެވެ. މިއަދު މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

ސިވިލް ސާވިސް ކޮމިޝަން އެެކުލެވިގެެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ. މީގެެ ތެރެއިން ދެ މެންބަރުންނަކީ އަންހެން މެެންބަރުންނަށް ވާން ޖެހޭނެ ކަމަށް މީގެ ކުރިން އޮތް ނަމަވެސް، މިފަދަ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހެއް ނޫން ކަމަށް ކޮމެޓީން ވަނީ ނިންމާފައެެވެ.

އެ ބިލު ފާސްކުރުމަށް ކޮމެޓީ މަރުހަލާއަށް އެންމެ ފުރަތަމަ ހުށަހެޅި އިރު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި މިންތީގެ ހަމަހަމަކަން އޮންނަން ޖެެހޭ ކަމަށެވެ.

ސިވިލް ސާވިސް ގާނޫނަށް ދެން ގެންނަން ކޮމިޓީ އިން ނިންމި އިސްލާހުތަކުގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕާރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތް ކަމަށް ބެލެވޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ