logoEN
cocacola
ވެކްސިންގެ 2 ވަނަ ޑޯޒަށް ޝަރުތު ހަމަވާ 20000 މީހުން ވެކްސިން ނުޖަހާ އެބަ ތިބި: ޑރ. ޝާހު

ވެކްސިންގެ 2 ވަނަ ޑޯޒަށް ޝަރުތު ހަމަވާ 20000 މީހުން ވެކްސިން ނުޖަހާ އެބަ ތިބި: ޑރ. ޝާހު

ހުސެއިން

logo

4/29/2021, 3:26:42 PM

# ވެކްސިން

D36423F7-D58F-4F94-97C3-AFCF23A5366B-850x548

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 20،000 މީހުން ވެކްސިން ނުޖަހާ އެބަ ތިބި ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް، ޑރ.ޝާހް އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ. ޝާހު އެކަން ހާމަކުރީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވެކްސިން ޕްރޮގްރާމު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޑރ. ޝާހް ވިދާޅުވީ، އާބާދީގެ 70 އިންސައްތައާ ގާތްކުރާ އަދަދަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖެހި 90,000 އަށް ވުރެ މީހުންނާ އެކު އާބާދީގެ 30 ޕަސަންޓާ ގާތްކުރާ އަދަދަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާރު ރާއްޖޭގައި ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.

މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެމުންދަނީ އޭގެ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެމުންދަނީ ހާއްސަ ފަރާތްތަކަކަށް އެކަންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ