
Thinadhoo covid sample
ގދ. ތިނަދޫގައި ކޮވިޑް19 ފެތުރެމުންދާތީ މިރޭ 08:00 އިން ފެށިގެން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ތިނަދޫއިން މި ފަހުން ފެނުނު ފައްސި ކޭސް އަކީ ކަރަންޓީނުގައި ހުރި މީހަކު ފައްސިވެގެން އައި ކޭހެކެވެ. އަދި އެމީހާއާ ކޮންޓެކްޓްވި އެހެން މީހަކު ފައްސިވުމާއެކު, މިއަދު ފައްސިވި 2 މީހުންނާއެކު ޖުމްލަ ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 6 އެވެ.
ޑރ. އަބަދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން އޮފިސަރ ސާލިމް އަލީ ވިދާޅުވި ގޮތުގައި ފައްސިވެފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު މިމަހުގެ 24 އަދި 26 ވަނަ ދުވަހު ނެގުނު 2 ސާމްޕަލެއްގެ ނަތީޖާ ކަމަށެވެ.
މިމަހު 24ވަނަ ދުވަހު ތިނަދޫއިން ވަނީ ހޯމްކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި އެވެ. އަދި މިތަނުން ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފަ އެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
