logoEN
Sto top
އަމިއްލަ ތަކެތީގައި ގެމަނަފުށީ ޓޭންކު, ވަށާފާރާއި ސްޓޯރ ރޫމް ބޮޑުކުރާނެ ބަޔަކު ހޯދަނީ

އަމިއްލަ ތަކެތީގައި ގެމަނަފުށީ ޓޭންކު, ވަށާފާރާއި ސްޓޯރ ރޫމް ބޮޑުކުރާނެ ބަޔަކު ހޯދަނީ

# ގއ.ގެމަނަފުށި# ފެނަކަ ކޯޕަރޭޝަން

103339597_119653496441138_4454218642902739072_o

ގއ. ގެމަނަފުށީ ފެނަކައިން ބޭނުންކުރާ ޓޭންކު ބަނުމާއި, ވަށާފާރުގެ އިތުރުން ސްޓޯރ ރޫމް ބޯޑުކުރުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

Wamco

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ގދ.ގެމަނަފުށި ޓޭންކް، ވަށާފާރާއި ސްޓޯރ ރޫމް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ކުރެވުނު އިއުލާން ބާތިލްކޮށް އަލުން ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތުގެ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށް, ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 13:00 އާ ހަމައަށް އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައި ކުރިއަށް ދާނެ އެވެ.

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, މައުލޫމާތު ސާފު ކުރުމަށް ދީފައިވާ އެންމެ ފަހު މުއްދަތަކީ 10 މެއި ގެ 13:00 އެވެ.

ބިޑް ހުށަހެޅުން އޮންނާނީ 12 މެއި ގެ ހެނދުނު 10:00 ގައި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ.

އެ އިިއުލާނުގައި ވާ ގޮތުން މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ އެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި އެ އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށާއި އެ މަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށް ކަމަށްވެސް ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside