
ތިނަދޫ ހޮސްޕިޓަލުގައި އެސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ
# އެމްޓީސީސީ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްl_3592726
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެސީ ފޯރުކޮށްދިނުމާއެކު, އެސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުގައި ކުރިއަށްދާ އައު އިމާރާތުގެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލްއަށް އޭސީ ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހު 10:00ގައި ޒޮނެއިރިޔާ ބިލްޑިންގގެ ތިން ވަނަ ފަންގިފިލާއަށް ވަޑައިގެން މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
މި މަސައްކަތުގެ ބިޑް ހުށަހެޅުންވެސް އޮންނާނީ ހަމަ ޒޮނެއިރިޔާ ބިލްޑިންގގެ ތިން ވަނަ ފަންގިފިލާގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ގުޅުންހުރި

ެއެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި: މި ސިސްޓަމް ހަރުކުރި ފުރަތަމަ ދޯންޏަކަށް މަޑަވެލި "ކަމަނަ" ދޯނި!

ނައިފަރުގެ މިހާރުގެ ބަނދަރު އަޕްގްރޭޑްކުރުމާއިއެކު އިތުރު ބަނދަރެއް ތަރައްޤީކުރަން އެމްޓީސީއާއި ހަވާލުކޮށްފި

ބިން ހިއްކުން ހިމެނޭހެން އޮޅުވެލިފުށީގެ 3 މަޝްރޫއުއެއް އެމްޓީސީސީއާއި ހަވާލުކޮށްފި





