logoEN
Sto top
ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރުވެރިކަމާއެކު ތިނަދޫ މޮނިޓަރިންގް އަށް!

ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރުވެރިކަމާއެކު ތިނަދޫ މޮނިޓަރިންގް އަށް!

# ކޮވިޑް19# ގދ.ތިނަދޫ

IMG_0797-1536x864

ގދ. ތިނަދޫން މިއަދު ފެނުނު ކޮވިޑް19 ކޭސްއާ ގުޅިގެން އެރަށް މޮނިޓަރިން އަށް ލައިފިއެވެ.

Wamco

އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިއަދުން ފެށިގެން ކޮންޓެކްޓް ޓްރޭސިން ނިމެންދެނެވެ.

ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ މިއަދު ފައްސިވި ފާރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި މި މީހާއަކީ ކަރަންޓީނުގައި ނެތް މީހެއް ކަމަށް ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕީއާރް އޮފިސަރ ސާލިމް " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިއަދު ތިނަދޫއިން ފައްސި ވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ނެގި ކަރަންޓީން ރިލީޒް ދެ ސާމްޕަލެކެވެ. އަދި ފައްސިވި ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވުމާއި އެކު ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.

މިއާއި އެކު މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside