logoEN
cocacola
ކޮވިޑް19 - އެންމެ ގިނަ ދުވަހު ފަރުވާ ދިން މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް19 - އެންމެ ގިނަ ދުވަހު ފަރުވާ ދިން މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

# ކޮވިޑް19

big_fBcOx27SpK7sw2SMxVkTDyUVH

ރާއްޖޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ދުވަހު ފަރުވާދިން ކޮވިޑް19ގެ ޕޭޝަންޓް ބަލިން ރަނގަޅުވެ, ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ގޮސިޔާ

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު އަދި އެޗްއީއޯސީ ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެންމެ ގިނަ ދުވަސް ވަންދެން ބައްޔަށް ފަރުވާ ދީފައިވަނީ އުމުރުން 58 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއް ގައި ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން އެ އަންހެން މީހާ އެނދުމަތި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ އަންހެން މީހާ އަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގެ އިތުރުން، އައިޖީއެމްއެޗް އައިސީޔޫ އަދި އައިޖީއެމްއެޗް ޕްރައިވެޓް ވޯޑް 1 ގައެވެ.

ޑރ. އަލީ ވިދާޅުވީ، އެ އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ ސްޓާފުން، ނަރުހުން، މެޑިކަލް އޮފިސަރުންގެ އިތުރުން، އެހެން ސްޓާފުން ވެސް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭއިން މިހާތަނަށް 27،403 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 3،094 މީހަކަށެވެ. އޭގެ ތެރެއިން 98 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ