logoEN
cocacola
ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު 2 އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު 2 އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

EzfaeWAVUAEuG75

ދިވެހިރާއްޖެއާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި 2 އެމް.އޯ.ޔޫ އަކީ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.

މި އެމް.އޯ.ޔޫ ތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެވެ. އަދި ކުވައިތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙް އެވެ.

މި އެމް.އޯ.ޔޫ ތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ