logoEN
cocacola
މަޑަވެލި ދާއިރާ މެމްބަރުގެ އުފަން ރަށް އެމްޑީޕީއަށް!

މަޑަވެލި ދާއިރާ މެމްބަރުގެ އުފަން ރަށް އެމްޑީޕީއަށް!

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# ގދ. ހޯނޑެއްދޫ

photo_2021-04-11_02-12-26

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ އަމިއްލަ އުފަން ރަށް ކަމުގައިވާ. ގދ. ހޯނޑެއްދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ގދ. ހޯނޑެއްދޫއަކީ ފަސް މެމްބަރުގެ މައްޗަށް އެކުލެވޭ ކައުންސިލެއް އޮންނަ ރަށެކެވެ. އިއްޔެ ބޭއްވި ކައުންސިލް އިންތިޚާބުގައި އެރަށު ކައުންސިލްގެ ފުރިހަމަ އަޤްލަބިއްޔަތު އެމްޑީޕީއަށް ވަނީ ލިބިފައެވެ.

ކައުންސިލްގެ ރައީސް ކަމަށް ޙުސައިން ވާރިޝް (އެމްޑީޕީ)

ކައުންސިލް މެމްބަރު ކަމަށް :

އަބްދުﷲ އަރީޝް (އެމްޑީޕީ)

އަޙުމަދު ޝިހާމް (އެމްޑީޕީ)

ޖުވައިރިއްޔާ އަޙްމަދު (އެމްޑީޕީ)

މަރިޔަމް ހަސަން ދީދީ (އެމްޑީޕީ)

އިއްޔެގެ އިންތިޚާބުގައި ހޯޑެއްދޫ ކައުންސިލަށް ޖުމްލަ 9 މެމްބަރުން ވާދަ ކުރިއެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރި އަމިއްލަ ކެންޑިޑޭޓް މުޙައްމަދު އަޔާޒް އާއި، ގޮނޑި ކާމިޔާބު ކުރި ޙުސައިން ވާރިޝް އަދި ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލި މިނިވަން ކެންޑިޑޭޓް އަބްދުﷲ ޝިފާޒް މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ އަރީޝް އާއި އަޙުމަދު ޝިހާމްގެ އިތުރުން ޖުވައިރިއްޔާ އަޙްމަދު އަދި މަރިޔަމް ހަސަން ދީދީ ހިމެނެއެވެ.

ޕީޕީއެމްގެ ފަރާތުން އެ ރަށު ކައުންސިލަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަކީ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރެއްވި ނަޒްރާނާ ޙުސައިން މަނިކު އެވެ. ދެން ވާދަ ކުރެއްވީ މިނިވަން ކެންޑިޑޭޓް އަރޫޝާ އަބްދުލް މަޖީދު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ