logoEN
Sto top
ކިޔޫއެއް ނެތް ނަމަ 06:00 ގައި ފޮށިތައް ބަންދުކުރާނެ

ކިޔޫއެއް ނެތް ނަމަ 06:00 ގައި ފޮށިތައް ބަންދުކުރާނެ

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021

Screenshot 2021-04-10 at 16.39.55

މިއަދު އިރުއޮއްސި 6:00 ޖަހާއިރު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ވޯޓުލުމަށް ކިޔުގައި މީހަކު ނެތްނަމަ ވޯޓުލާ މަރުކަޒުތައް ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

Wamco

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ

މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މެންދުރާ ހަމައަށް ވަރަށް މަދެވެ. މިއަދުގެ 15:40 އާ ހަމައަށް ވޯޓުލީ މީހުންގެ އަދަދަކީ 138444 މީހުންނެވެ.

މި އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ނެރެފައިވެއެވެ.

މި އިންތިހާބަކީ މިދިޔަ އަހަރުގެ އޭޕްރިލްމަހު ބާއްވަން ޖެހޭ އިންތިހާބެކެވެ. އިންތިހާބު ލަސްކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަަޅަން ޖެހުމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside