logoEN
cocacola
ކޮވިޑް19 އާ ގުޅިގެން އެކަހެރިކޮށްފައިވާ ފަރާތްތަކަށް ވޯޓު ދިނުމުގެ ހުއްދަ ދީފި

ކޮވިޑް19 އާ ގުޅިގެން އެކަހެރިކޮށްފައިވާ ފަރާތްތަކަށް ވޯޓު ދިނުމުގެ ހުއްދަ ދީފި

# އިލެކްޝަންސް ކޮމިޝަން# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވޯޓުލުން

ކޮވިޑް19 އާ ގުޅިގެން ކަރަންޓީނުގައި ނުވަތަ އެކަހެރިކޮށްފައިވާ މީހުންނަށް ވޯޓުލާ މަރުކަޒުތަކަށް ވޯޓުލާން ދިއުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދީފިއެވެ.

ގޮސިޔާ

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ އެކަހެރި ކޮށްފައި ތިބި މީހުން ވޯޓް ލާން ދާއިރު ހަކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިއުމަށާއި ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމާއި ޕަަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުމާއި ވޯޓް ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން އަދި ވޯޓުލުމަށްފަހު، ކަރަންޓީނުގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުމެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް ވޯޓް ލާން ދާނީ އަމިއްލައަށް ކަމަށެވެ. އެފަރާތްތައް ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެހެން މީހުން ވޯޓްލައި ނިމުމުން ހަވީރު 17:00 އިން އިރުއޮއްސި 18:00 އަށެވެ.

ތަފްސީލް އަންނަނީ....

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ