logoEN
Sto top
ކަރަންޓީނު ނުވެ ވޯޓުލުމަށް ރަށްރަަށަށް ދެވޭ ގޮތް ހަދައިފި

ކަރަންޓީނު ނުވެ ވޯޓުލުމަށް ރަށްރަަށަށް ދެވޭ ގޮތް ހަދައިފި

އަހުމަދު ޝުރާއު

logo

4/8/2021, 5:34:40 PM

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# ކޮވިޑް19

ވޯޓު

ކަރަންޓީން ނުވެ ވޯޓުލުމަށް ރާއްޖޭގެ ކޮންމެ ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

Wamco

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ނެރުއްވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން، ކޮވިޑް -19 ގެ ހާލަތުގައި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެ) އިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް -19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން 2021 އެޕްރީލް 11 ވަނަ ދުވަހު ގެ ނިޔަލަށް ހާއްސަ ފިޔަވަޅުތަކާއެކު، ވޯޓުލުމަށް ޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ރަށަށް 10 ( ދިހައެއް ) ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ހާއްސަ ފިޔަވަޅު ތަކުގެ ތެރޭގައި

ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް )ނުދިޔުން.

ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.

މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.

ވޯޓުލުމަށްފަހު، ގިނަވެގެން 48( ސާޅީސް އަށެއް( ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.

ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަ ނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަ ނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.

ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.

ކޮވިޑް -19 ގެ ހާ ލަތުގައި ރައް ކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި ޢަމަލުކުރުން.

މި އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށް ޓަކައި ދާ ފަރާތްތަކަށް އެކަނި ކަމަށްވެސް މި ލިޔުމުގައި ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside