logoEN
cocacola
ރޯދަމަހުގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00

ރޯދަމަހުގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00

އަހުމަދު މާހު

logo

4/7/2021, 5:09:00 PM

# ބޭންކް އޮފް މޯލްޑިވްސް

bml

ރޯދަމަހު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފައި ހުންނަގަޑިތައް އިއުލާން ކޮށްފި އެވެ.

ގޮސިޔާ

ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލުން މިއަދު ވަނީ ބުނެފަ އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި އެ ސެންޓަރުތަކުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

ބެންކުގެ އެކި ހިދުމަތްތަކަށް ވަކި ވަގުތުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމަށް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އެކައުންޓް އޯޕެނިންގ ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހެއްދުމަށް ފަހުގައެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ