logoEN
Sto top
ހިޔާ ފްލެޓް: ޑައުންޕޭމަންޓް ނުދައްކާ ނަމަ ކުއްޔަކީ މަހަކު 7500

ހިޔާ ފްލެޓް: ޑައުންޕޭމަންޓް ނުދައްކާ ނަމަ ކުއްޔަކީ މަހަކު 7500

ހުސެއިން

logo

4/7/2021, 4:46:22 PM

# ހިޔާ ފްލެޓް

hiyaa flat

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުން ޕޭމެންޓް ނުދައްކާ ފްލެޓުތަކަށް ވަންނަން އެދެނީ ނަމަ، ކުލީއ ގޮތުގައި އެންމެ ބޮޑު އަގަކަށް ދައްކަން ޖެހޭނީ މަހަކު 7500 ރުފިޔާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Wamco

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ޑައުން ޕޭމަންޓް ނުދައްކާނަމަ، އެންމެ ބޮޑު އަގަކަށް ދައްކަން ޖެހޭނީ މަހަކު 7500 ރުފިޔާ، 25 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

އެހެންވީމަ ޑައުންޕޭމަންޓެއް ދައްކައިފިއްޔާ 7،500 އަށްވުރެ ކުޑަވާނެ. އެންމެ ބޮޑުވަރުވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ ޑައުންޕޭމަންޓެއް ނުދައްކާ". އަސްލަމް ވިދާޅުވިއެވެ.

ޑައުންޕޭމެންޓް ދައްކައިގެން ކުރިއަށްދާ ފަރާތްތަކަށް ދެ އޮޕްޝަނެއް ދިނުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ކުރަމުންދާ ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެ ފަރާތްތަކުން ދައްކަން ޖެހޭ އަދަދު 7500 ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މިއީ އެތަނުގެ އަސްލު ޖެހުނު އަގާއި އަޅާބަލާއިރު، ކުޑަ އަގެއް ކަމަށެވެ. އަދި މިކަމުގައި އެޗްޑީސީއަށް އުނދަގޫ ބޮޑުވާނެ ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލު އަގު ހުރިހާ ހަރަދަކާއެކު 11000 ރުފިޔާއަށް އަރާނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

އަސްލަމް ވިދާޅުވީ ގުރުއަތުން ހޮވޭ ފަރާތްތަކާއި އެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށާއި އެއަށްފަހު އެތަނަށް ވަނުމަށް ތިން މަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside