
large_159137297310gWkD
ހޯނޑެއްދޫއިން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ 13.5ހެކްޓަރުގެ ބިމުގެ މައްސަލާގައި އެ ބިމުގެ ކުލި ހޯނޑެއްދޫއަށް ހޯދައިދިނުމަށްޓަކައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހޯނޑެއްދޭ ކައުންސިލުގެ އަރިހުން އެދިއްޖެއެވެ.

ފިރުޝާން ހޯނޑެއްދޫ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނެެފައިވާ ގޮތުގަައި ހޮރައިޒަން ފިޝަރީޒް އަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ 13.5 ހެކްޓަރުގެ ބިމަކީ އެބިމުގެ ކުލިން އެއްވެސް ފައިސާއެއް ހޯނޑެއްދޫއަށް ލިބޭ ބިމަކަށް ނެވެފައި ސީދާ ކައުންސިލަށް އެބިމުން ލިބޭ ކުލި ހޯދުމަށްޓަކައި ކައުންސިލްގެ ފަރާތުން ރަސްމިކޮށް މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމަށެވެ. އަދި މިގޮޮތަށް ނިންފައިވަނީ މަޝްވަރާތަކަކަށް ފަހު މިނިސްޓްރީ އޮފް ފިނޭންސްއިން އެެބިމުގެ ކުލި ހޯދުމަށް ކައުންސިލުން ރަސްމީކޮޮށް އެދުމަށް މިނިސްޓްރީން އަންގާފައިވާތީ ކަމަށްވެެސް ފިރުޝާން ފޮނުވި ސިޓީގައި ވެއެވެ.
ރާއްޖޭގެ ދެކުނުގެ ޒޯނުގެ ރަށްތަކުން މަސް ގަނެ މަސް ބަންދު ކުރާނެ ފެކްޓަރީއެއް ހޯނޑެއްދޫގައި ގާއިމު ކުރުމަށް ހޮރައިޒަން އާއި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޑިސެމްބަރު 2005 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫން 13 ހެކްޓަރުގެ ބިމެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވެ އެވެ. އެހެން ނަމަވެސް 14 އަހަރު ވެގެން ގޮސްފައިވާއިރުވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވެއެެވެ.
19 ވަނަ މަޖިލީހަށް މަޑަވެލި ދާއިރާގެ މެެންބަރު ހުސެއިން ފިރުޝާން ހޮވުނީއްސުރެ މި މައްސަލައިގައި ވަރަށް ބޮޑަށް ފިރުޝާން އަންނަނީ ވަކާލާތު ކުރަމުންނެވެ.
ގުޅުންހުރި

މިވަރަށް މަސްބާނާއިރުވެސް ބީއެމްއެލް ވަނީ އޭޓީއެމް އެއް ގާއިމްކުރަން ނުކުޅެދިފައި - ފިރުޝާން

ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ސަރުކާރުން ތަރައްގީ ގެންނަކަން ސާބިތުވޭ - ފިރުޝާން

މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ - ފިރުޝާން
