ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގެމަނަފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސްރޫމެއް

ފޮޓޯ: ސަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން ހިންގަން ހުޅުވާލި ޕްރޮޕޯސަލްތަކުގެ ތެރެއިން ގެމަނަފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސްރޫމެއްތަރައްގީ ކުރުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލް ހޮވިއްޖެއެވެ.

މިއީ ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުން ހިންގަން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޖެކްޓުގެތެރެއިން އެއް ޕްރޮޖެކްޓެވެ.

ފުރަތަމަ ކުއާޓަރަށް ހޮވުނު 5 ޕްރޮޕޯސަލް:

  • ގއ. ގެމަނަފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސްރޫމެއް ތަރައްގީ ކުރުން – ދިވެހި މަސްވެރިންގެ ޖަމިއްޔާ
  • ލ. ފޮނަދޫގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން –- ވިމެންސް އެންހޭންސްމަންޓް
  • ހދ. ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން – ނޮޅިންވަރު ޔޫތް ޑިވެލޮޕްމަންޓް
  • ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްދިނުން- މިޑްލް ސްޕޯޓްސް ކްލަބް
  • އއ. މަތީވެރީގެ އިންޑޯރ ސްޕޯޓްސް ފެސިލިޓީ ތަރައްގީކުރުން – –އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއަރނަސް

ބީއެމްއެލްގެ ޕަބްލިކްސް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް" މި ފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް