logoEN
Sto top
!އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް – އެމް.އެން.ޔޫގެ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް

!އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް – އެމް.އެން.ޔޫގެ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް

# އެމްއެންޔޫ

mnusu

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސްޓޫޑެންޓްސް ޔޫނިއަން އާއި އެ ފަރާތުގެ ވިންގް ކަމަށްވާ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންގެ ގޮފި، ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން ރަމަޟާން މަހާއި ދިމާކޮށް އެމް.އެން.ޔޫގެ ދަރިވަރުންނަށް ޤުރްއާން މުބާރާތެއް ބާއްވަން ނިންމައި ރަޖިސްޓްރޭޝަން އަށް ހުޅުވާލައިފިއެވެ.

Wamco

އެސް.އެސް.އެލްއިން ޤުރްއާން މުބާރާތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސް.އެސް.އެލްގެ ރައީސް އަހްމަދު އިޔާޒް ވިދާޅުވިގޮތުގައި ޤުރްއާން މުބާރާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ކީރިތި ޤުރްއާނާއި މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އާލާ ކުރުމާއި އެކު، އެމް.އެން.ޔޫ.އެސް.ޔޫ އަދި އެސް.އެސް.އެލް އާއި ގުޅިގެން ދަރިވަރުންނަށް ލިބިފައިވާ ހުނަރުތަށް ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމެވެ.

އަސްލު އަޅުގަނޑުމެން އެންމެންވެސް 2020 ވަނަ އަހަރު ތިބީ ގޭގައި ބަންދުވެފައި. ނަމަވެސް މިފަހަރު ކޮވިޑްގެ ހާލަތު ތަންދިން ވަރަކުން އަޅުގަނޑުމެން ނިންމީ ޤުރްއާން މުބާރާތް ކުރިއަށް ގެންދަން. އެންމެ ބޮޑު ސަބަބަކީ އެމް.އެން.ޔޫޫގެ ދަރިވަރުންނަށް އެކި ކަހަލަ ފުރުސަތުތައް ހުޅުވާލައިދިނުމާއި އެކު ކިޔެވުމުގެ އިތުރުން އެހެން ކަންކަމުގައިވެސް ބައިވެރިވުމުގެ ފުރުސަތު ދިނުން.

އިޔާޒް އިތުރަށް ވިދާޅުވިގޮތުގައި، މި މުބާރާތަކީ އެމް.އެން.ޔޫގެ ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ. ބަލައިގެންނާއި ނުބަލައިވެސް ކިޔެވުމުގެ ފުރުސަތު މި މުބާރާތުން ލިބިގެންދާނެ ކަން ފާހަގަ ކުރައްވާ އިޔާޒް ވިދާޅުވި ގޮތުގައި، އެސް.އެސް.އެލް އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ވެސް އެންމެ ބޮޑު އުންމީދަކީ މި މުބާރާތަށް ރަނގަޅު ތަރުހީބެއް ލިބި، އިތުރަށްވެސް ބޭއްވޭ މިފަދަ މުބާރާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވުން ކަމަށެވެ.

https://fb.watch/4yOOJT03Yz

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside