logoEN
Sto top
ތިނަދޫގެ ރެސްޓޯރެންޓުތައް ބަންދުކުރުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި

ތިނަދޫގެ ރެސްޓޯރެންޓުތައް ބަންދުކުރުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި

ހުސެއިން

logo

3/27/2021, 11:42:34 PM

# ކޮވިޑް19# ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

Thinadhoo covid sample

ގދ. ތިނަދޫއިން ކޮވިޑް19 އަށް ފައްސި ކޭސްތަކެއް ފެނުމާއެކު އެރަށުގެ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމާއެކު ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

Wamco

ތިނަދޫ ކައުންސިލުން އާންމުކޮށްފައިވާ ފިޔަވަޅުތަކުގައި ވަނީ މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަކަށް އެރަށުގެ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމާއި, ކެފޭ/ރެސްޓޯރެންޓުތައް ފިޔަވައި އެހެން ތަންތަނުން ކޮފީ ބުއިމުގެ ޚިދުމަތް ނުދިނުމަށެވެ. އަދި ގާޑިޔާތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރޭގަނޑު 10:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓިދާނެ ކަމަށާއި ހުރިހާ ކުޅިވަރު ކޯޓުތަކެއް ބަންދުކުރުންވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ފިޔަވަޅުތައް:

ފަރު މަސްވެރިކަން ކުރާ ފަރާތްތަކުން ކައުންސިލުން ދޫކުރާ ހުއްދައިގެ ދަށުން ނޫނީ މަހަށް ނުފުރުން

އެއާޕޯޓު ޑިއުޓީއަށް މީހުން ދިއުމާއި އައުން މަޑުޖައްސާލުން

ކެމްޕެއިން ކުރުމުގެ ގޮތުން ދޮރުން ދޮރަށް ދިއުމާއި އެއްވުންތައް ބޭއްވުން މަނާކުރުން

ޓިއުޝަންތައް ހިމެނޭހެން ސްކޫލްތަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން

އޮފީސްތައް ބަންދުކޮށް ކޮންމެހެން އޮފީހަށް ނުކުންނަން ޖެހޭ މަދު މުވައްޒަފުންތަކެއް ނޫނީ އޮފީސްތަކަށް ހާޒިރު ނުވުން

ކުޑަކުދިންގެ ޕާކުތަކާއި މިއުޒިއަމް ޕާކު ބަންދުކުރުން

މި ފިޔަވަޅުތަކާއެކު ކައުންސިލުން ވަނީ އާންމުންގެ އެއްބާރުލުން އެކަންކަމަށް ބޭނުންވާ ކަމަށް ބުނެ ވީހާވެސް ގިނަ ވަގުތު ގޭތެރޭގައި ހޭދަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި އެ ހާލަތުގައިވެސް ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް ތިނަދޫ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

ތިނަދޫ މޮނިޓަރިންގ އަށް ލާފައިވަނީ އެރަށުން ކޮވިޑް19 އަށް 6 މީހަކު ފައްސިވުމާ ގުޅިގެން މިއަދު ހަވީރު 18:55 ގައެވެ. ފައްސިވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންތަކެއްވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން އެރަށުގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside