ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ގެންދަން އެދިއްޖެ

ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓު ދެނީ -- ފޮޓޯ: ވަގުތު

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށެވެ. އެގޮތުން، ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް އީސީގެ ބަޔާނުގައިވެއެވެ.

އިންތިހާބު ބޭއްވުމަށް ހާއްސަ ގައިޑްލައިނެއް ވަނީ އެކުލަވާލައިފައެވެ.

މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ނިންމިޔަސް، އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑާ ގުޅިގެންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް