logoEN
Sto top
ފިޔާޒު އިސްތިއުފާ ދެއްވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މީހަކު ހޯދަނީ

ފިޔާޒު އިސްތިއުފާ ދެއްވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މީހަކު ހޯދަނީ

Admin

logo

3/22/2021, 10:09:56 PM

# ރައީސް އޮފީސް# އިންފޮމޭޝަން ކޮމިޝަނަރ

fiyaz -- ފިޔާޒް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި، ފިޔާޒް މޫސާ އެމަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި އިއުލާންކޮށްފިއެވެ.

Wamco

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުން ދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް، ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރި ވަމުންދާ މީހަކަށް ނުވުމެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއެކު 35 އަހަރު ވެފައިވާ މީހެއްކަމުގައި ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ތައުލީމީ ފެންވަރަކީ، ފުރަތަމަ ޑިގްރީއެއް ހާސިލް ކޮށްފައި ވުމާ އެކު، މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މާރިޗު 30 އަދި 31 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 13:30 ދެމެދުއެވެ. މި މަގާމަށް މީހަކު އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، ފިޔާޒް އިސްތިއުފާ ދެއްވާފައިވަނީ، އިއްޔެގައެވެ. ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside