logoEN
Sto top
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ދާއޫދު ވަކިކޮށްފި

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ދާއޫދު ވަކިކޮށްފި

އަހުމަދު ޝުރާއު

logo

6/18/2025, 7:00:31 PM

# ރައީސް އޮފީސް

-

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަޙްމަދު މަގާމުން ވަކިކޮށްފި އެވެ.

Wamco

މިކަން ހާމަކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ މަސައްކަތް ނިންމައި އިއްޔެ ވަނީ ރިޕޯޓު އާންމުކޮށްފައި އެވެ. އެގޮތުން އެ ރިޕޯޓުގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތުވާ ރައުދުގެ ބޭބެ، ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ހާމަކޮށްފައި އެވެ.

ޔުމްނުގެ މައްސަލައިގައި ދާއޫދު ދިން ބަޔާނުގައި ވަނީ މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު ހޯމް މިނިސްޓަރު އަލީ އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި ކޮމިޝަނަށް މައުލޫމާތު ދެމުން މިނިސްޓަރު އިހްސާން ވެސް ވަނީ އެކަން ތަފްސީލްކޮށް ކޮމިޝަނާއި ހިއްސާކޮށްފައި އެވެ. އަދި ދާވުދޫ އާއި އިހްސާންއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލްވެސް ރިޕޯޓުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ހާދިސާގެ ފަހުން ރައުދު ގެއަށް ގެންދިޔުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭ އެއްވެސް ކަމެއް ރައުދު ހިއްސާކޮށްފައިނުވާކަމަށް ދާވޫދު ވަނީ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި އެވެ. ނަމަވެސް ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.

އަދި މި މައްސަލައިގައި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަމަށާއި އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދައޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside