
--
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން ފަލަސްތީނަށް ރަސްމީކޮށް ލިބިއްޖެ އެވެ.

ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން ލިބުނީ މިހާރު ކުރިޔަށްދާ އައިއެލްއޯގެ ބައިނަލްއަގްވާމީ ލޭބާ ކޮންފަރެންސްގެ 113ވަނަ ސެޝަންގައި ނެގި ވޯޓެއްގައި އެވެ. އެގޮތުން ފަލަސްތީނަށް އޮބްޒާވަރުކަން ދޭން 386 ގައުމަކުން ވޯޓުދިން އިރު އޭގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. އަދި އެކަމާއި ދެކޮޅަށް ވޯޓު ދީފައިވަނީ 15 ގައުމަކުންނެވެ.
ވޯޓުލުން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު އެވެ.
އައިއެލްއޯއަކީ މަސައްކަތްތެރިންނަށް، އިޖްތިމާއީ، އިގްތިޞާދީ ހަމަހަމަކަމާއި، އިންސާފު ގާއިމްކުރުމަށް ބާރުއަޅަން ގޮވައިލައި، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އުސޫލުތައް އެކުލަވައިލާ އދ.ގެ އެޖެންސީއެކެވެ.
މިއަދުގެ ވޯޓަށްފަހު ރާއްޖޭގެ ފަރާތުން މިނިސްޓަރު ހައިދަރު ވަނީ ފަލަސްޠީނުގެ ވަފުދާ ބައްދަލުކުރައްވައި އިންސާފާއި ކަރާމާތާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް ރާއްޖެއިން މިހާރުވެސް ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އަހައްމިއްޔަތުކަން ދެއްވާނެ ކަމުގެ ޔަގީންކަން ފަލަސްތީނުގެ ވަފުދަށް ދެއްވާފައި އެވެ.
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން މިރޭ ވިދާޅުވީ ފަލަސްޠީނަށް ތާއީދުކޮށް، މި ތާރީޚީ ނިންމުމުގައި ބައިވެރިވުމަކީ ރާއްޖެއިން ފަހުރުވެރިވާ ކަމެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ މުޖުތަމަޢުގެ ތެރެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތް ބަލައިގަތުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ގުޅުންހުރި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ތިންދުވަހަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް!

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި ނިޢުމާތުގެ ދައުރު އިތުރު 5 އަހަރު ދުވަހަށް އިތުރުކުރައްވައިފި
.jpg&w=3840&q=75)