logoEN
cocacola
ރޯދައަށް ކުރާ ވިޔަފާރިތަށް މޫލީއިން ޑެލިވަރީ މުޅިން ހިލޭ!

ރޯދައަށް ކުރާ ވިޔަފާރިތަށް މޫލީއިން ޑެލިވަރީ މުޅިން ހިލޭ!

އަހުމަދު ޝުރާއު

logo

3/22/2021, 11:19:00 AM

# އުރީދޫ

large_161632539051Z3kn

ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި އާންމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އީކޮމާސް ޕްލެޓްފޯމް މޫލީއިން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެކަން އިއުލާންކޮށްފި އެވެ.

ގޮސިޔާ

އުރީދޫގެ އީކޮމާސް ޕްލެޓްފޯމެއްކަމުގައިވާ މޫލީއިން މިހާރު ވަނީ ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި އޮންލައިންކޮށް ގަނެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައި އެވެ. އަދި ދަތުރުފަތުރު ކުރަން ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ހިލޭ ޑެލިވާ ކުރެވިގެން ދިޔުމަކީ ވިޔަވާރިކުރާފަރާތްތަކަށް ލިބިގެންދާނެ ލުޔެކެވެ.

މޫލީ ޓީމުން މައުލޫމާތު ދިން ގޮތުގައި ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ހާއްސަ، އައު ސެކްޝަނެއް މޫލީއަށް ވަނީ އިތުރުކޮށްފަ އެވެ. އެ ސެކްޝަންގައި ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކަރު، ކޮފީ މޭކާ، ޕޮކެޓް ރޭޑިއޯ އަދި އިސްތިރި ފަދަ ބައިވަރު އައިޓަމްތަށް ވަނީ ހިމަނާފަ އެވެ. އަދި މި ބްރޭންޑްތަކަކީ ނަން މަޝްހޫރު ބްރޭންޑްތަކުގެ އެ ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ ވިޔަފާރިތަކުން އެ ޕްލެޓްފޯމުގައި ފީޗާ ކުރާ ޕްރޮޑަކްޓްތަށް ކަންވެސް މޫލީ ޓީމުން ވަނީ ފާހަގަކޮށްފައި އެވެ. އަދި މުސްތަގުބަލުގައި އިތުރު ގިނަ ވިޔަފާރިވެރިންގެ ޕްރޮޑަކްޓްތަަށްވެސް މޫލީއިން ފެނިގެންދާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.

މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރިކޮށްލުމަށް:

އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ

ޝޮޕް ހިޔާރު ކުރުމަށްފަހު ROADHA ESSENTIALS ނުވަތަ ބޭނުންވާ ކެޓެގަރީއެއް ހިޔާރުކުރައްވާ

ބޭނުންވާ އައިޓަމް ހިޔާރު ކުރުމަށްފަހު ADD TO CART އަށް ފިތާލައްވާ

ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ

ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ

އޯޑާ ކަށަވަރު ކުރަން ޕޭމަންޓް ކޮންފާމް ކުރައްވާ

މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން، އެޗް.ޕީ.އޭގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށްވެސް މޫލީ ޓީމުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ