
ކާއްޑޭ އެކެޑަމީން ވާދޫ ޔޫތާ ގުޅިގެން ހިންގި ފުޓްބޯޅަ ޓްރޭނިން ކޭމްޕް ނިންމާލައިފި
# ކުޅިވަރު# ގދ. ވާދޫ# ކާއްޑޭ ސްޕޯޓްސް އެކެޑަމީF2A52F0A-DAED-4475-9FB7-C2101C05AD7C
ސޮސައިޓީ ފޯރ ވާދޫ ޔޫތް އާއި ކާއްޑޭ ސްޕޯޓްސް އެކަޑެމީ ގުޅިގެން ގދ. ވާދޫގައި ހިންގި ފުޓްބޯޅަ ޓްރޭނިންގ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ވާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއާއި ކާއްޑޭ ސްޕޯޓްސް އެކަޑަމީ އަދި ރައުހަތު ސްޕޯޓްސް އާއި ގުޅިގެން އެރަށުގައި 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިން ކޭމްޕެކެވެ. މިމަހުގެ 9 ވަނަ ދުވަހު ވާދޫގައި ފެށި މި ތަމްރީނު ޕްރޮގްރާމަކީ އުމުރުން 4 އަހަރާއި 15 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި 65 ދަރިވަރަކު ބައިވެރިވެރިވިއެވެ.
މި ޕްރޮގްރާމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮސައިޓީ ފޯރ ވާދޫ ޔޫތްގެ ވައިސް ޗެއަރޕާސަން ޢާއިޝަތު ޝަޒުލާ މުޙައްމަދު ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރަށްވެފައި ދިވެހިން އެހާމެ ލޯބިކުރާ ކުޅިވަރެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިތްތަކުގައި ފުޓުބޯޅައަށް ހިތް ޖެއްސުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމަށާއި އެ ތަމްރީނު ޕްރޮގްރާމްގެ ސަބަބުން އެ ކުދިންނަށް ވަރަށްގިނަ ހުނަރުތައް ދަސްވެގެން ދިޔަކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ ވާދޫއިން ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށާއި މުސްތަޤުބަލުގައި ގައުމީ ފެންވަރުގައި ވާދޫއަށް ނިސްބަތްވާ ކުދިން ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ޝަޒުލާ ވިދާޅުވިއެވެ.
ގާފު" އަށް މައުލޫމަތުދެމުން ކާއްޑޭ ސްޕޯޓްސްގެ ޓެކްނިކަލް ޑިރެކްޓާރ އާދަމް ލަރީފް ( ރޮނާ ) ވިދާޅުވިގޮތުގައި މި ޕޮރޮގްރާމް ގެ މައިގަނޑު މަގްސަދަކީ ހުވަދު އަތޮޅުގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ފުޓްބޯޅަ އިތުރަށް ދިރުވާ އާލާކުރުމެވެ. އަދި އެ ކުދިންނަކީ ކުޅިވަރުގެ އެތެރެއިންނާއި ބޭރުންވެސް އަހްލާގީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ރަނގަޅު ކުދިބަޔަކަށް ހެދުމެވެ.
މި ތަމްރީނު ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވެފައިވަނީ ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ޓްރެއިނަރުންނާއި ސޮސައިޓީ ފޯރ ވާދޫ ޔޫތުގް ޓްރޭނަރުންނެވެ. އަދި މިއީ ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއާއި ކާއްޑޭ ސްޕޯރޓްސް އެކަޑަމީއާ ގުޅިގެން ހިންގުނު ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ ޕްރްގްރާމްތަށް ރޭވިގެން ކުރިއަށްގެންދާނެކަމަށް ސޮސައިޓީ ފޯރ ވާދޫ ޔޫތް އިން މައުލުމާތު ދެއެވެ.
ގދ. ވާދޫ އަށް ނިސްބަތްވާ ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއަކީ ވާދޫ ޒުވާނުންގެ މެދުގައި ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް މަސައްކަތްކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގައި، ރަށުގެ ތަރައްޤީއަށް ކުރާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ އަދި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކޮށް މުޖުތަމައި ބަލައިގަންނަ ބަޔަކަށް ޒުވާނުން ހެދުމަށް މަސައްކަތްކުރުމަށް 2019 ވަނަ އަހަރު ރަޖިސްޓްރީކުރެވި ވުޖޫދަށްއައި މަދަނީ ޖަމްޢިއްޔާއެކެވެ.
ގދ ހޯނޑެއްދޫ އަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އަކީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ އެހެނިހެން ކުޅިވަރު ޓްރައިނިންގ ތަށް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ކުލިވަރު ކްލަބެކެވެ. 2020 ގައި ރަޖިސްޓްރީކުރެވި ވުޖޫދަށް އައި ކާއްޑޭ ސްޕޯޓްސްއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަތް ގެންދަނީ ހަމައެކަނި ފުޓްބޯޅަައިގެ ޓްރެއިނިންގ ޕްރޮގްރާމްތަކެވެ.
ގުޅުންހުރި

ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމުގެ ޖާޒީ ހަވާލުކޮށްފި

ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު އިންޑޯ ކުޅިވަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ

ގދ. ވާދޫގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސަކު، ކޯޓުން ދޫކޮށްލައިފި
