logoEN
ޕީއެންސީ 2
!އިސްލާމީ ދަންމަރުން ދިވެހި ޖައްވު އަލިވުން، ދިވެހިންނަށް ލިބުނު ހިދާޔަތެއް

!އިސްލާމީ ދަންމަރުން ދިވެހި ޖައްވު އަލިވުން، ދިވެހިންނަށް ލިބުނު ހިދާޔަތެއް

# ދިވެހިރާއްޖެ

76638535_2608159615942467_1627545644564480000_n

އެއީ މީގެ އެތަކެއްގަރުނެއް ކުރިއެެވެ. ދިވެހީން ބުދަށްއަޅުކަންކުރަމުން އައިޒަމާނެވެ. އިސްލާމީ ހިދާޔަތެއް، އިސްލާމްދީނަކީ ކޮއްޗެއްކަމެއްވެސް ދިވެހީންނަށް ނޭނގޭ ޒަމާނެވެ. ގައުމުގައި ހިނގަމުން އައީ ހިންދީ ސަގާފަތެކެވެ. އެންމެ ފުރަތަމަ ހިންދުއިޒަމްއެވެ. އޭގެ ފަހުން ބުދިޒަމް ނުވަތަ ބުދުދީނެވެ. އަޅުކަންކުރަމުންއައީ ބުދުތަކަށެވެ. ދިވެހިރާއްޖެއަށް އެންމެފުރަތަމަ ވަޒަންވެރިވީވެސް އިންޑިޔާގެ ބައެއްކަމަށް އިބްރާހިމް ލުތުފީގެ ފޮތްތަކުން ހާމަވެއެވެ. ދިވެހިރާއްޖޭގައި އިސްލާމީ ހިދާޔަތު ލިބުމުގެ ކުރީން ބުދުދިނާއި ހިންދުއިޒަަމްގެ އަސަރުތަށްވާކަމަށް ނަސީމާ މުހައްމަދުވެސް ހެކިވެއެވެ. މިފަދަ ކަންކަމަށް ބާރުދޭ އެންމެ ބޮޑުހެއްކަކީ ދިވެހިގައުމުން ފެނިފައިވާ ހަވިއްތަ، ދާގަބާ، ވޭރު، އިސްތޫބާ ފަދަ ތަންނަތެނެވެ.

ޝަރީ 2024

ދިވެހިރާއްޖޭގެ އޭރުގެ ރަދުން ތީމުގޭ މަހާކަލަމިންޖާ ނުވަތަ ސްރީ ތިރިބަވަނަ މަހާރަދުންނާއި މުޅިިދިވެހި ޖައްވު އިސްލާމީ ދަންމަރުން އަލިވެގެން ދިޔުމުގެ މުގުލުގައި ހުންނެވި ބޭފުޅާއިމެދު ހިޔާލުތަފާތުވުން ހުއްޓަސް، ދިވެހިރާއްޖެ އިސްލާާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ (މީލާދީން 1153 ވަނަ އަހަރު) ރަބީއުލްއާޙިރުމަހުގެ 2ވަނަ ދުވަހުކަމާއިމެދު ޝައްކެއްނެތެވެ. ދިވެހިދައުލަތުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރް މުހައްމަދު އަމީން ދޮށެމޭނާ ކިލެގެފާނު އެމަނިކުފާނު ލިޔުއްވި ފޮތް ''ތަންޤީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު''ގައިވާ ގޮތުން ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ފޯރުކޮށްދެއްވީ މަޢްރިބު ކަރައިގެ ބޭފުޅެއް ކަމުގައިވާ މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގެ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. މުހައްމަދުއަމީން މިގޮތަށް ދެކިވަޑައިގަންނަވަނީ މަޢްރިބްކަަރައިގެ ސައްޔާހެއްކަމުގައިވާ އިބްނު ބަތޫތާގެ ދަތުރުނާމާގެ މައްޗަށްބުރަވެހުރެއެވެ. ދިވެހި ތާރީޙު އިލްމުގެ ބައްޕަކަމުގައިވާ އަލްގާޟީ ހަސަން ތާޖުއްދީން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމީނޫރު ފޯރުކޮށްދެއްވީ މައުލާނަލަލް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީއެވެ. އެމަނިކުފާނު މިހެން ދެކިވަޑައިގަންނަވަނީ ހުކުރުމިސްކިތުގައި އިބްރާހިމް އިސްކަންދަރު ( އެއްވަނަ ) ބަހައްޓާފައި ހުރި ތާރިޙީ ފިލަޔަށާއި ހުކުރުމިސްކިތުގެ މިހްރާބުގެ ބިތުގައި ލިޔެވިފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށެވެ. އަދިހަމައެހެންމެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ މަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ކުރެއްވީ މައުލާނަލް ޙާފިޡް ޔޫސުފު އައްތަބްރޭޒީ ނަމަކަށް ކިއުއްވާ ފާރިސް ކަރައިގެ ބޭފުޅެކެވެ.

ކޮންމެއަކަސް ދިވެހިރާއްޖެ އިސްލާމްކުރެއްވީ ކޮންމެބޭފުޅަކަށް ވިޔަސް، ދިވެހިގައުމު އިސްލާމްވުމަކީ ދިވެހިގައުމަށް މިހާތަނަށް ލިބުނު އެންމެބޮޑު ހިދާޔާތެވެ. ރަންނަމާރީގެ ކަންކަން ނިންމަވައި ދިވެހި ގައުމުގުއި އިސްލާމީ ފުތޫހާތު ފުޅާކޮށްދެއްވީކަމީ މިއަދު ދިވެހިންނަށް ލިބުނު އެންމެ ބޮޑުނަސީބެވެ. ހުރިހާ ފައްޅިތަށް ތަޅައިބިމާ ހަމަކުރެވުނެވެ. ދިވެހި ޖައްވުން ފުރަތަމަ ފަަހަރަށް ﷲ އަކްބަރްގެ އަޑުން ގުގުމާލެވުނެވެ. އޭރުގެ ރަދުންގެ ނަންފުޅު އައްސުލްޠާން މުހައްމަދު ބިން ޢަބްދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ނަމަށް ބަދަލުކުރެވި ގައުމުގެ އެންމެހާ އަފްރާދުންނަށް އިސްލާމީ ހިދާޔަތު ފޯރުކޮށްދެވިގެން ދިޔައެވެ.

ދިވެހިގައުމުގެ ތާރީޙު މިފަދައިން އިސްލާމްދީނާއިމެދު ފަޙުރުވެރިވާއިރު، އަބަދުމެ މިގައުމުގައި އިސްލާމްދީން ދަމަހެއްޓުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ. ބަވަނަ ވަމުންމިދާ ދުނިޔޭގައި އިސްލާމްދީނަށް ދަތިކުރުމަށް އެތަކެއް ކަންތައްތަކެއް ކުރަމުން ދިޔަކަމުގައިވިނަމަވެސް، ދިވެހިގައުމުގައި އިސްލާމީ ސަގާފާތްތަކާއި، އިސްލާމީ ޢުރުފު ދެމެހެއްޓިފައި އޮތުމަކީ މި ދިވެހި ގައުމުގެ މިނިވަންކަމުގެވެސް އެންމެ ބޮޑު ސަބަބެވެ. އިސްލާމީދަންމަރުން މުޅި ދިވެހި ގައުމު އަލިވިއިރު، މިއަލި ފަނޑުނުވެ ދަމަހައްޓެފައި އޮތުމަކީ ދިވެހީންގެ އަސްލެވެ. ދިވެހިގައުމީ ދިދަ ރަތާއި، ފެއްސާއި ހުދުން ވިހުރިލަ ވިހުރލަ ހުރުމުގެ އެންމެ މައިގަނޑު އަސާސެވެ. މިއަދު ދިވެހިރާއްޖެ ދެކެމުންމިދާ ތަހުޒީބާއި ތަމައްދުނުގެ ނާރެސްވެސް މެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ