
އިކްރާމް
މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް މަގާމުން ސަސްޕެންޑު ކޮށްފައި ހުންނެވި އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އެސްޓީއޯ އިން މައުލުމާތު ދެއެވެ. މޯލްޑިވްސް ގޭސް އަކީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުންޏެކެވެ.
އިކްރާމް މަގާމުން އިސްތިއުފާ ދެއްވި އިރު ކޮވިޑް-19އާ ގުޅިގެން މޯލްޑިވް ގޭސް މެދުވެރިކޮށް ގެންނަން ހަވާލުކުރި 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގައި ބައިވެރިވުމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީ އިން ވެސް ވަނީ ބަލަން ފަށާފައެވެ. އެ ގޮތުން އެ ކޮމިޓީ ބައްދަލުވުމުގައި އިކްރާމް ވަނީ ކޮރަޕްޝަންގެ ތުހުމަތު ދޮގުކޮށް އޮޑިޓް ރިޕޯޓްގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާ ކޮމިޓީގެ ސަމާލުކަމަށް މައްސަލަތައް ގެނެސްފައެވެ.
އިކްރާމް ވިދާޅުވީ އޭނާ އަށް އެކްޓިން އެމްޑީކަން ހަވާލުކުރުމުން ކުންފުނި ރީސްޓްރަކްޗާކޮށް، ޝަފަލް ކުރުމަށް ކުންފުނީގެ ބޯޑުން އެންގުމުން އެ އެންގުމާ އެއްގޮތަށް އެމަސައްކަތް ފެއްޓުމުން ކުރީގެ މެނޭޖްމަންޓުގައި ތިއްބެވި ބައެއް ބޭފުޅުން ނުރުހުން ފާޅުކުރައްވައި، އެކި ތަންތަނަށް އެކި މައްސަލަ ހުށަހަޅަން ފެށި ކަމަށެވެ.
ގުޅުންހުރި

މޯލްޑިވް ގޭހުން 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރާ އަގު ހެޔޮކޮށްފި

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަސް މަސް ދުވަހަށް ގޭސް ރައްކާ ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަޝްރޫއުއަށް އެލައިޑާއިއެކު ސޮއިކޮށްފި
