logoEN
Sto top
ކޭން ގެ ހެޓްރިކާއެކު ޑޯޓްމަންޑް އަތުން ބަޔާނަށް ފަސޭހަ މޮޅެއް

ކޭން ގެ ހެޓްރިކާއެކު ޑޯޓްމަންޑް އަތުން ބަޔާނަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

11/5/2023, 1:22:56 PM

IMG_20231105_132114

Wamco

ޖަރުމަނު ބުންޑަސްލީގާގައި ރޭ ރަށުން ބޭރުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

މިމެޗުގެ ވަރަށް ކުރީކޮޅު ބަޔާން މިއުނިކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އެވެ. މިއީ އެޓީމުގެ ޖަރުމަނު ފޯވާޑް ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ.

މިއީ ވެސް ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޑޯޓްމަންޑް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި ވެސް ބަޔާން މިއުނިކުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 72 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހެރީ ކޭން ކާމިޔާބުކުރި އިރު މި މެޗުގައި ކޭން އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެލެކްސެންޑާ ޕަލޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 10 މެޗުން 26 ޕޮއިންޓް ހަމަކޮށް ބަޔާން މިއުނިކުން ވަނީ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ. އެއްވަނައިގައި އޮތް ބަޔާން ލެވަކޫސަން އަށް 10 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބޮރޫޝިއާ ޑޯޓްމަންޑް ލީގުގައި ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.

މީގެއިތުރުން މިމެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު، ހެރީ ކޭން އަށް ވަނީ ޚާއްސަ ރެކޯޑެއް ލިބިފަ އެވެ. އެއީ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފެވެ. އަދި މިސީޒަނުގައި ލީގުގައި ކުޅުނު 10 މެޗުގައި ކޭން ވަނީ ބަޔާން މިއުނިކަށް 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside