ހޮލީވުޑްގެ އެކި ފަންނާނުން ނިސްބަތްވާ ރައިޓަރސް ގިލްޑް އޮފް އެމެރިކާއިން ކުރަމުންގެންދިޔަ އިހުތިޖާތުތައް ހުއްޓާލުމަށްފަހު ސްޓްރީމިންގް ހިދުމަތަށް ބަދަލުތައް ގެނައުމަށް މަޖުބޫރުވާފަދަ ކޮންޓްރެކްޓް އެއް އެކުލަވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނެޓްފްލިކްސް ގެ އިތުރުން ޑިޒްނީ ޕްލަސް، ހޫލޫ އަދި އެހެނިހެން ސްޓްރީމިންގް ހިދުމަތްތަކުން ރައިޓަރސް ގިލްޑް އޮފް އެމެރިކާ އަށް ޑާޓާ ހިއްސާކުރަންޖެހޭ ގޮތަށް މި ކޮންޓްރެކްޓް ގައި ބަޔާން ވެފައިވެއެވެ. އޭގެ ސަބަބުން ލިޔުންތެރިންނާއި ޕްރޮޑިއުސަރުންނަށް އެމީހުންގެ އުފެއްދުންތައް އެ މަންސައެއްގައި މަޤްބޫލުކަން ހުރިގޮތާއި ބެލުންތެރިން ޝައުގުވެރި ކުރުވާ މިންވަރު އަންދާޒާ ކުރަން ފަސޭހަވެގެން ދާނެއެވެ. އަދި މި ކޮންޓްރެކްޓް ގެ ސަބަބުން ޕިލްމް އުފައްދާ ފަރާތަށް ސްޓްރީމިންގް މަންސައިން ލިބޭ އާމްދަނިގެ އިންސައްތަ ވެސް މަތި ކުރުމަށް ހިމެނިފައިވެއެވެ. މިބަދަލު ގެނައި ނަމަވެސް ނެޓްފްލިކްސް ގެ ޖުމްލާ އާމްދަނީގެ ނިސްބަތަށް ބަލާއިރު އެއީ އެންމެ 0.2 އިންސައްތައިގެ ބަދަލެކެވެ.
ފީއަށް ގެންނަ ބަދަލުގެނައުން ނެޓްފިލްސް އިން މަޑުޖައްސާލާފައި މި ވަނީ ހޮލީވުޑް ގެ ފަންނާނުންތައް އިހުތިޖާޖަށްފަހު މަސައްކަތަށް ނުކުމެ އާ އުފެއްދުންތައް ނެޓްފްލިކްސް އަށް އިތުރުވެގެން ދާ ދަޑިވާޅަކާއި ދިމާވެފައިވާތީއެވެ. ނެޓްފްލިކްސްގެ އިތުރުން ޑިޒްނީ ޕްލަސް ފަދަ އެހެން ބަޔެއް މަންސަތަކުންވެސް ސްޓްރީމިންގް ހިދުމަތުން ނަގާ ފީ އަށް ބަދަލު އައުން އެކަޝީގެން ވެއެވެ.