logoEN
cocacola
ތިނަދޫ ކަނބަލުންގެ ފުޓްސަލް މުބާރާތް ފަސްކޮށްފި

ތިނަދޫ ކަނބަލުންގެ ފުޓްސަލް މުބާރާތް ފަސްކޮށްފި

އަޙްމަދު ޖަމީލު

logo

11/15/2020, 4:35:02 PM

# ކުޅިވަރު

football practice

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުން އިންތިޒާމުކޮށްގެން ތިނަދޫގައި ބާއްވަން ރާވާފައިވާ ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތުގެ ކުޅުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ގޮސިޔާ

މިރޭ ފަށަން ނިންމާފައި އޮތް މުބާރާތް ފަސްކޮށްފައިވަނީ ތިނަދޫއަށް މޫސުން ގޯސްވެ ވިއްސާރަވުމާ ގުޅިގެންނެވެ. އެ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިއޮތީ އައުޓްލޯޒް ކުއީންސް ޓީމާއި އޮކްސް ވިމެންސް ޓީމެވެ.

ތިނަދޫ ޔޫތް ފުޓްބޯލް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގައި ތިނަދޫގެ ފަސް ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގެ މަގްސަދަކީ ގައުމީ ފެންވަރުގައި ތިނަދޫ ތަމްސީލްކޮށް ވާދަ ކުރެވޭ ވަރުގެ އަންހެން ފުޓްސަލް ޓީމެއް ބިނާކޮށް އުފެއްދުމެވެ.

މި މުބާރާތާ ގުޅިގެން ޔޫތް މިނިސްޓްރީގެ ނައިބު, މުޙައްމަދު ނާސިހުވެސް ވަނީ ކުޅުންތެރިންނާއި ޓީމްތަކަށް ހިތްވަރުދީ ނަސޭހަތްތެރިވެފައެވެ.

ނާސިހު ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި ހުރިހާ ޓީމްތަކަށްވެސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ރީތި ކުޅުމެއް ފެނިގެންދާ ގޮތަށް މަސައްކަތްކުރަން އެދޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ