ރައުހަތު ސްޕޯޓްސްއާއި ކާއްޑޭ އެކެޑަމީގެ އެތްލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

ރައުހަތު ސްޕޯޓްސްއާއި ކާއްޑޭ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ އެތްލެޓިކްސް ކޯޗިންގް ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: ހުވަދޫ ނިއުސް

ކާއްޑޭ އެކަޑަމީއާއި ރައުހަތު ސްޕޯޓްސް ގުޅިގެން އެތްލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެވިޑް ކޮލެޖުގެ އެހީތެރިކަމާއެކު ތިނަދޫގައި ދިގު މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހޯނޑެއްދުއާއި ތިނަދޫން އެތްލެޓިކްސްއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބައިވެރިވެއެވެ. ރައުހަތު ސްޕޯޓްސްއިން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ފެށި އެ ޕްރޮގްރާމުގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންދަނީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައެވެ. އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިނަދޫ ސްޓޭޑިއަމްގައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ދެދުވަހު އެވެ. އެގޮތުން މުޅި ޕްރޮގްރާމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށްވެސް ރައުހަތު ސްޕޯޓްސް އިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ  މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަންގެ ނޭޝަނަލް އެތްލެޓިކްސް ކޯޗު, އަދި ރައުހަތް ސްޕޯޓްސްގެ ފައުންޑަރ, ރައުހަތު ޤުދުރަތުالله އެވެ.

ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެއަދިރައުހަތު ސްޕޯޓްސް އިން އަންނަނީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.

ކާއްޑޭ އެކެޑަމީއަކީ ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ކްލަބެކެވެ. އެ ކްލަބުގެ މަގްސަދަކީ ހޯނޑެއްދޫގެ އިން އަޙްލާގު ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް އެ ކުޅުންތެރިން ރަށު ފެންވަރުގައާއި އަތޮޅު އަދި ގަޢުމީ ފެންވަރުގައި ވާދަކުރެވޭނެ ކުޅުންތެރިންތަކަކަށް ހަދައި އެރަށުގައި ކުރިމަގު އުޖާލާ ކުރާނެ ޒުވާން ޖީލެއް ބިނާ ކުރުމެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް