އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ދިވެހިރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުުޅުންތެރިޔާ އަދި ދިވެހިންގެ ގައުމީ ބަތަލު، އަލީ އަޝްފާގް ނުވަތަ ދިވެހިންގެ ދަގަނޑޭގެ ގޯލެއްވަނީ ހޮވިފައެވެ.
މިޗެލެންޖުގައި ހޮވުނު ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ.
އޭއްފްސީ ބްރެކްޓް ޗެލެންޖްގައި މިހާރު ކުރިއަށްދަނީ ކުއާރޓާރ ފައިނަލްގެ ބުރުތަކެވެ. ދިވެހީން އަބަދުމެ އެމީހަކަށްޓަކައި ފަޙުރުވެރިވާ އަލީ އަޝްފާގް ކުއާރޓާރ ފައިނަލްގައި ވާދަކުރަނީ ވިއެޓްނާމްގެ ގުޔެން ވެން ގުޔެޓްއާއިއެވެ. އިއްޔެ ވޯޓުލުމަށް ފުރުސަތު ހުޅުވާލިއިރު ދިވެހީންގެ ތެރެއިން ވަރަށްގިނަ ބަޔަކުވަނީ އަޝްފާގަށްވޯޓުދީފައެވެ. އަދި މިކަމާއިގުޅިގެން ދިވެހީންދަނީ ބޮޑުކެމްޕެއިނެއްވެސް މީސްމީޑިޔާގައި ދައުރުކުރަމުންނެވެ. އެހެނީ، ދިވެހިންގެ ގައުމީ ބަތަލަށް ލިބޭ ކޮންމެ ކާމިޔާބީއަކީވެސް ގައުމަށްލިބޭ ކުރިއެރުމެކެވެ.
ގައުމަށް އަލީ އަޝްފާގު ހޯދައިދިން ކާމިޔާބުތަށް ގުނާއަދަދަށްވުރެވެސް ގިނައެވެ. މިވަގުތުވެސް ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ގައުމީ ބަތަލަކީ ގައުމީޓީމަށާއި އަދި ކްލަބަށް ކުޅެދިން 544 މެޗްއިން 464 ގޯލްކާމިޔާބުކޮށް ދުނިޔޭގެ 6ވަނައެވެ. އެހެންކަމުން ދިވެހިންގެ ހުނަރުވެރި، އެންމެންގެ ދަގަނޑޭއަށް އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކޮށްދިނުމަށް ގައުމުއެކީގައި ތެދުވަމާހިންގަވާށެވެ. އަވަހަށް އަލީ އަޝްފާގަށް ވޯޓުދެއްވާށެވެ.
5 Responses
ލިންކް ވެސް އަޕްލޯޑް ކޮއްލާ
Vote for Ali Ashfaq (dhagandey) now! Click the link below and let’s take our legend into the semi finals!
https://bit.ly/3proiE7
Vote for Ali Ashfaq (dhagandey) now! Click the link below and let’s take our legend into the semi finals!
https://bit.ly/3proiE7
Ali Ashfaq ah voteh dhevvaa.. V bodu than vehtijje.. thireega vaa link ah fithaalaafa voteh dhehvaa.. adhi share kolla dhehvaa ????
https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-quarter-final-ali-ashfaq-new-radiant-vs-nguyen-van-quyet-hanoi