logoEN
cocacola
ސާޖިއޯ ރާމޯސްގެ ދެ ޕެނަލްޓީ މިސްވެ ސްޕެއިން އާއި ސްވިޒަލޭންޑް އެއްވަރުވެއްޖެ

ސާޖިއޯ ރާމޯސްގެ ދެ ޕެނަލްޓީ މިސްވެ ސްޕެއިން އާއި ސްވިޒަލޭންޑް އެއްވަރުވެއްޖެ

# ކުޅިވަރު

BFCF8A0F-E0A6-487C-894A-955B2955BD4D

މޭއި 2018 ގެ ފަހުން ރިއަލް މެޑްރިޑް އަދި ސްޕެއިންގެ ކެޕްޓަން، ސަރޖިއޯ ރާމޮސް އަތުން ދެޕެނަލްޓީ މިސްވެ ސްޕެއިން އަދި ސްވިޒަރލޭންޑްގެ ކުރިމަތިލުން އެއްވަރުވަރުވެގެން ނިމިއްޖެއެވެ.

ގޮސިޔާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭކުޅުނު މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ގިނަވަގުތު ބޯޅަހިފަހައްޓައިގެ ކުޅެ ގިނަ ޝޮޓުވެސް ހަދާފައިވަނީ ސްޕއެިންއިންނެވެ. މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 26 ވަނަ މިނުޓްގައި ސްވިޒރލެންޑްގެ ޓީމްއިންނެވެ. މިގޯލް ކާމިޔާބުކޮށްދިނީ ސްވިޒަރލޭންޑްޓީމްގެ ހުނަރުވެރި މިޑްފީލްޑަރު ރެމޯ ފްރެއުލާއެވެ.

މެޗުގެ ފުރަތަމަ ޕެނަލްޓީ 58ވަނަ މިނުޓުގައި ސްޕެއިންގެ ޓީމަށް ލިބުނީ އޮލްމޯ ނެގި ކޯނަރުން ސަރޖިއޯ ރާމޮސް ބޮލުން ޖެހި ބޯޅަ ސްވިޒރަރލެންޑް ގެ ރޮޑްރިގޭޒްގެ އަތުގައި ޖެހުމުންނެވެ. ސްޕެއިންގެ ހުނަރުވެރި ކެޕްޓަންޖެހި ޕެނަލްޓީވަނީ ސްވިޒރލޭންޑްގެ 31 އަހަރުގެ ކީޕަރު ޔަން ސޮމާރ ދިފާޢުކޮށްފައެވެ. މިޕެނަލްޓީ ދިފާއުއަކީ މެއި 2018ގެ ފަހުން ސަރޖިއޯރާމޮސްގެ ޕެނަލްޓީއެއްދިފާއުވި ފުރަތަމަ ފަަހަރެވެ.

މެޗުގެ 79ވަނަ މިނުޓްގައި ސްވިޒަރލޭންޑްގެ ނިކޯ އެލްވެޑީ ޕެނަލްޓީ އޭރިއާއެތެރެއިން ސްޕެއިންގެ އަލްވާރޯ މޮރާޓާއަށް ޖެހި ޓެކްލްއަކާ ގުޅިގެން ރަތްކާޑެއްދެއްކާ ދަނޑުންފޮނުވާލިއެވެ. ސްޕެއިންއަށް އެ ޓެކްލްގެ ސަބަބުން ލިބުނު ޕެނަލްޓީވެސް ޖެހީ ޑިފެންޑަރު ސަރޖިއޯ ރާމޮސްއެވެ. މިޕެނަލޓީވެސް ސްވިޒަރލޭންޑްގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު ގޯލަށްނުވައްދާ ހިފަހައްޓާފައެވެ.

ސްޕެއިންގެ ހަމައެކަނިލަނޑު މެޗުގެ 89ވަނަ މިނުޓްގައި ކާމިޔާބުކޮށްދީފައިވަނީ ޖެރަރޑް މޮރެނޯއެވެ.

ޔުއެފާ ނޭޝަންސްލީގުގައި ސްޕްއެއިން ކުޅުނު ފަހު ފަސް މެޗްއިން 2 މެޗްއިން އެޓީމު މޮޅުވެެފައިވާއިރު 2 މެޗުންވަނީ އެއްވަރުވެފައެވެ. އަދި ސްވިޒަރލޭންޑްގެ އެންމެ ފަހު ފަސް މެޗްއިން 3 މެޗްއިން އެއްވަރުވެ 2މެޗްއިން ވަނީ ބަލިވެފައެވެ. މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯރޗުގަލްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ