4FABEF06-B533-4307-87EF-DC6F6B4BBE8C
އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗް ހޯސޭ މޮރީނިއޯ އަށް އެއްމެޗުގެ ސަސްޕެންޝަންއެއް ޔޫރަޕުގެ ފުޓްބޯޅާ އިދާރާ ޔުއެފާއިން މިއަދު ދީފިއެވެ.
މިސަސްޕެންޝަންއަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޔުއެފާ ޔޫރޮޕާ ލީގުގައިބެލްޖިއަމުގެ ރޯޔަލް އެންޓްވާޕާ އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާބަލިވި މެޗުގެ ފެށުން ލަސްވުމާ ގުޅިގެން ޔުއެފާއިން އޭނާއަށް އަދަބެއްގެ ގޮތުގައި ދިން ސަސްޕެންޝަނެކެވެ.
އެމެޗު ފެށުން ލަސްވީ މޮރީނިއޯގެ ސަބަބުން ކަމަށް ޔުއެފާއިން ވަނީ ނިންމާފައެވެ. އަދި މިއާއެކު، ޔުއެފާއިން ވަނީ 25،000 ޔޫރޯއިން ޓޮޓެންހަމް ޖޫރިމަނާ ކޮށް ޔުއެފާގެ " އެކުއިޕްމެންޓް ރެގިއުލޭޝަން" އާއިޙިލާފުވުމުގެ ސަބަބުން އިތުރު 3000ޔޫރޯއިން ވެސް ޖޫރިމަނާ ކޮށްފައެވެ. މިކަން ބޭރުގެ ނޫސްތަކުންވެސް ވަނީ ޔަގީންކޮށްފައެވެ.
ހޯސޭ މޮރީނިއޯގެ ބެލުމުގެ ދަށުން ޓޮޓެންހަމް ކުޅުނު 50 މެޗްއިން އެޓީމްވަނީ 27 މޮޅުހޯދާފައެވެ. މިސީޒަނުގައި ޓޮޓެންހަމް އޮތީ ވަގުތީގޮތުން 2ވަނައިގައެވެ.