logoEN
ޕީއެންސީ 2
ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެ - ސީއީއޯ

ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެ - ސީއީއޯ

# ބޭންކް އޮފް މޯލްޑިވްސް# ބީއެމްއެލް

FxTvMbmaMAA1pzf

ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވެސް އަބަދުވެސް ދެމި އޮންނާނެކަމަށް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފައެވެ.

ކާރލް ވިދާޅުވީ، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަކީ ބީއެމްއެލްގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމެއް ކަމަށާއި ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު، ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް 5 ޕަސެންޓަށް ކުޑަކޮށް އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހުފީ 2 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް ކާރލް ފާހަގަކުރެއްވި އެވެ. އަދި ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑުކޮށްފައި ނުވާކަން ފާގަކޮށް ކާރލް ވިދާޅުވީ އޭގެ ބަދަލުގައި ބޭންކުންވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފަ ކަމަށެވެ.

ޑިޖިޓަލައިޒޭޝަން އާ ގުޅޭގޮތުން ކާރލް އިތުރަށް ވިދާޅުވީ، ޑިޖިޓަލް ދާއިރާއިން ބީއެމްއެލް އިން ކުރިއެރުން ހޯދާފައިވީ ނަމަވެސް ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިޔަށްދާންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަގޮތުގައި އޮޓަމޭޓްކުރަން ޖެހޭ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް." - ކާރލް

ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާރލް ވަނީ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން ބީއެމްއެލްގެ ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ކާރލް ފާހަގަކުރެއްވި އެވެ.

"މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އަޅުގަނޑުމެން މި ބަލަނީ ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް. އަދި އަޅުގަނޑުމެންގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް." - ކާރލް

ކާރލް އިތުރަށް ވިދާޅުވީ ބޭންކިންގ ގެ ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރާ ކަމަށާއި އެއީ ހުއްޓުވޭނެކަމެއްވެސް ނޫން ނަމަވެސް ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ މާކެޓްގައި އެކުންފުންޏަށް ލިބިފައިވާ ކުރިއެރުމާއެކު އެކުންފުނީގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ ކަމަށްވެސް ކާރލް ފާހަގަކުރެއްވި އެވެ.

ބީއެމްއެލްގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން އެކުންފުންޏާއެކު ބޭންކިންގ މުއާމަލާތް ކުރަން 'ޖެހޭ' ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެނާއެކު ބޭންކިންގ މުއާމަލާތް ކުރަން 'އެދޭ' ބަޔަކަށް ބަދަލުކޮށްގެން ކަމަށް ކާރލް ވިދާޅުވި އެވެ. މި ބަދަލު ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތް އެ ބޭންކުން ކުރާނެ ކަމަށްވެސް ކާރލް ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ